ads
އެޓާނީ ޖެނަރަލް އޮފީސް (އޭޖީ)-- ފުޓޯ: އޭޖީ އޮފީސް
ކަނޑައެޅި މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށް ނުދެވުމުން އެއްބަސްވުން ބާތިލުކޮށްފި
ކަނޑައެޅި މުއްދަތުގެ ތެރޭގައު ވެންޓިލޭޓަރުތައް ފޯރުކޮށް ނުދެވުމުން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީއާއި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކޮށްފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީއާއި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާ ދެމެދު ވެވުނު އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންޖެހޭނެ ކަަމަށް ބަޔާންކޮށްދީފައިވީ ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްގައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލުކުރެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަށް "ޓަރމިނޭޝަން ނޯޓިސް" މިހާރު ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ހާމަކުރެއެވެ.

އެގޮތުން އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްްބަސްވުމާ އެއްގޮތައް މުދާ ފޯރުކޮށްނުދިނުމުގެ ސަބަަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާނެކަމަށް އޭޖީ އޮފީހުން ބަޔާންކޮށްފައިވެއެވެ.

އޭޖީ އޮފީހުން ބުނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީ ވެފައިވާ ކުންފުންޏެއް ކަމުގައިވާތީ، ރާއްޖެއާ ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލަ އަކީ "އިންޓަނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެއް ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް