ads
ނިޝާމާ މުހައްމަދު--
ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ނައިބުން ވަކިކޮށްފި
ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑުކޮށްފައިވާ ހެލްތް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާ މުހައްމަދު އާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފިއެވެ.
Advertisement

އެ ދެ ބޭފުޅުން މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ  ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވަނީ ސީއެންއެމް އަށް ކަށަވަރުކޮށްދެއްވާފައެވެ.

ނިޝާމާ އާއި ޝިޔާނާ މިއަދު މަގާމުން ވަކިކޮށްފައި މިވަނީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން މުސަރަ ހިނގާ ގޮތައް ސަސްޕެންޑުގައި ބެހެއްޓުމަށްފަހުއެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓު ރިޕޯޓުންވެސް ވަނީ ދައްކާފައެވެ.

ނިޝާމާ އަކީ ވެންޓިލޭޓަރުތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުލަވާލި ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގައިވެސް ހިމެނޭ ފަރާތެކެވެ.

ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އާބިޓްރޭޝަނަށް ދިއުމަށްވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. އެއްބަސްވުމުގެ ދަށުން އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެއެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް