ads
ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި --
ކުށުގެ ވެށީގައި އުޅޭ ބިދޭސީން ޑީޕޯޓުކޮށްލެވޭނެ އިންތިޒާމު ހަމަޖައްސަނީ
ކުށުގެ ވެށިން ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފިއެވެ.

ފުލުހުން ބުނީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާނުލެވި ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާތީ އެފަދަ ފަރާތްތައް ފަސޭހަކަމާއެކު ޑީޕޯޓްކޮށްލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނުފަދަ ތަކެއްޗާއި އެހެންވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާކަމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގުމުން ފެށިގެން ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ގިނަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑޮކިއުމަންޓްސް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންކަން ފާހަގަކޮށްފައިވެއެވެ. 

މީގެއިތުރުން އެފަދަ ފަރާތްތަކުގެ ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސްތަކެއް ވަމުން އަންނާތީ މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ފަރާތްތައް ޑިޕޯޓްކޮށްލުމުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ. 

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެލެއްވި އޮފިސަރުންވެސް ވަނީ ބިދޭސީންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައްވެސް  ހިއްސާކޮށްފައެވެ.  އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންތައް ފޮމުވާލުމުގައި އެކި ކަހަލަ ލަސްވުންތައް ހުރުމުން އިތުރު މީހުން ނެގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް