ads
މީރާ--
މާދަމާއިން ފެށިގެން މީރާއިން ހިދުމަތްދޭނީ އޮންލައިންކޮށް
މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މީރާގެ ހިދުމަތްތައް ލިބޭނީ އޮންލައިންކޮށް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ އެއިދާރާއިންދޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމީ ކޮވިޑް-19 ފެތުރުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން އޮފީހުގެ ކައުންޓަރުން އެމުއްދަތުގައި ހިދުމަތް ނުދޭނެ ކަމަށާ، ނަމަވެސް އޮންލައިންކޮސް ހިދުމަތްތައް ލިބެން ހުންނާނެ ކަމަށްވެސް މީރާއިން ބުނެއެވެ. 

އެގޮތުން މީރާއަށް ދައްކަންޖެހެ ޓެކުހާއި ފީތައް މީރާގެ އޮންލައިން ހިދުމަތް، މީރާކަނެކްޓާ ވާރުޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެކަމަށާ، އެއޮތޯރިޓީންދޭ އެހެނިހެން ހިދުމަތްތައްވެސް އޮންލައިންކޮށް ދެވޭނެ ނިޒާމު ހަމަޖައްސާފައި ވާކަމަށް މީރާގެ އިއުލާނުގައި ވެއެވެ. 

އަދި މި މުއްދަތުގެ ތެރޭގައި މީރާއަށް ގުޅަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑިގައި މީރާގެ ހޮޓްލައިން 1415 ގެ ހިދުމަތް ލިބޭނެ ކަމަށާ، އަދި ވައިބާ ނަންބަރު 9821415 އަށް މެސެޖް ކޮސްގެންވެސް މައުލޫމާތު ލިވޭނެކަމަށް މީރާއިން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް