ads
ފޮޓޯ--
ދީޕިކާއާ އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން އާއި އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދީޕިކާއާ އޭނާގެ އާއިލާއަށް ކޮވިޑު ޖެހުނީ މިއަދުއެވެ. އަދި އޭނާ މިވަގުތު ހުރީ އާއިލާއާއެކު ބެންގަލޫރުގައި އެކަހެރިވެގެން ކަމަށް ވެސް ވެއެވެ.

ދީޕިކާގެ ބައްޕަ އަދި އިންޑިއާގެ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑުކޯން އަށް ކޮވިޑް ޖެހި އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ނެވެ.

ދީޕިކާގެ މަންމަ އުޖާލާ ޕަޑުކޯން އާއި އޭނާގެ ކޮއްކޮ އަނީޝާ ޕަޑުކޯންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އަދި ޕޮޒިޓިވްވެފައިވާ ކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ.

ދީޕިކާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ރަންވީރު ސިންގާއެކު ފިލްމު, ''83'' އިންނެވެ. އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ސްޕޯޓްސް ލެޖެންޑް, ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމުގައި ރަންވީރު ފެނިގެންދާނީ ކަޕިލް ދޭވްގެ ރޯލުންނެވެ. އަދި ދީޕިކާ ފެނިގެންދާނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ދޭވްގެ ރޯލުންނެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް