ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
ކޮވިޑް ޖެހުނު މާބަނޑު މީހަކު ހާލުސީރިއަސްވެ އައިސީޔޫގައި
ކޮވިޑް ޖެހުނު މާބަނޑު މީހަކު ހާލުސީރިއަސްވެ އައިސީޔޫގައި އޮތް ކަމަށާއި މި އާ ސާޖުގައި މާބަނޑު މީހުންވެސް ހިމެނެނީ ހައިރިސްކު ކެޓެގަރީގެ ގޮތުގައި ކަމަށް ލަފާކުރެވޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެެވެ.

އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހާލުދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި 9 މީހަކު އެޑްމިޓުކޮށްފައިވާއިރު 6 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އޭގެތެރޭގައި ވެންޓިލޭޓަރަށް ނުލާއޮތް ހާލު ސީރިއަސް މާބަނޑު މީހަކުވެސް ހިމެނޭ ކަމަށެވެ. 

"އެއީ މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައިނުވާ މިންވަރަށް ހާލު ސީރިއަސްވެފައިވާ މީހެއް" ޑރ. މުހައްމަދު ވިދާޅުވިއެވެ.

ޑރ މުހައްމަދު ވިދާޅުވީ ކޮވިޑް އެންމެ ފުރަތަމަ ފެނުންއިރު މާބަނޑުމީހުންނަކީ އެހާ ހައިރިސްކު ބައެއް ނޫންކަމަށް ނިންމާފައި ވާނެ ކަމަށެވެ. އަދި މިހާތަނަށްވެސް މާބަނޑުމީހުން ކޮވިޑް ޖެހިގެން ބަލިވިކަމަށްވީނަމަވެސް ބަލިހާލަތު ސީރިއްސްވެގެން އައިސީޔޫއަށް ލާންޖެހޭ ވަރަށް ނުދާކަމަށް ޑރ މުހައްމަދު ވިދާޅުވިއެވެ. 

އެހެންނަމަވެސް މިވަގުތު އައިސީޔޫގައި އޮތް މީހާއަކީ އެ މިންވަރަށް ހާލު ސީރިއަަސްވެފައިވާ މީހެއްކަމުން އާ ވޭރިއެންޓެއް އުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ޑރ މުހައްމަދު ވިދާޅުވިއެވެ. 

ޑރ. މުހައްމަދު ވިދާޅުވީ ކުރީގެ ވައިރެސް އުޅުންކަމުގައި ވީނަމަވެސް އަދި އާ ވޭރިންއެންޓެއް އުޅުނު ކަމުގައި ވީނަމަވެސް ރައްކާތެރިކަމަށް އަަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުންދާނަމަ މިބަލި މިހާ ހިސާބަށް ނިދިޔައީސް ކަމަށެވެ. 

ހާލު ސީރިއަސް މާބަނޑު މީހަކު އައިސީޔޫގައި އޮތްއިރު މީގެކުރިންވެސް ކޮވިޑް ޖެހިފައިވާ މާބަނޑު ތިން އަންހެނުން ވިހޭ ތިން ކުދިންނަށް ވެޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، ފަރުވާ ދިނުމުގެ ކަންކަމަށް ބޭނުންވާ މެޝިނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެެެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް