ads
ފޮޓޯ: ފުލުުހުން
ވަކި ގޮތެއް އަންގަންދެން ކުރިން ދޫކޮށްފައިވާ ފާސްތައް ބޭނުން ކުރެވޭނެ: ފުލުހުން
މިމަހުގެ 3 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާނުކުރި ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 12:00 އިން 04:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުމަށް މިރެއިން ފެށިގެން އަމަލު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އަދި ފުލުހުން އެޗްޕީއޭގެ އެންގުން ތަންފީޒް ކުރުމުގެ މަސައްކަތް ކުރިއަަށްގެންދާއިރު، އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުންކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވެހިކަލް މަނާ ގަޑިތަކުގައި ހުއްދަ އަށް އެދެން އެ ސާވިސްގެ ޕޮލިސް ޕާމިޓް ޕޯޓަލް ބޭނުންކޮށްގެން ހުއްދައަށް އެދިލެވޭނެ ކަމަށެވެ.

އަދި ޕޮލިސް ޕާމިޓް ސެންޓަރު ނަމްބަރު 1665 އަށް ގުޅައިގެންވެސް ހުއްދައަށް އެދިލެވޭނެކަމަށް ފުލުހުން ބުނެއެވެ.

އަދި ކުރިން ނޫސްވެރިންނަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޫކުރި ފާސްތައް ނޫސްވެރިންނަށް އެގަޑިތަކުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް