ސައިކަލްތަކެއް ޕާކު ކޮށްފައި -- ފޮޓޯ: ޕީއެސްއެމް
ޑްރައިވިން ލައިސަންސް ދޫކުރުން ހުއްޓާލައިފި
Share
އެއްގަމު އިންޖީނުލީ އުޅުނދުތަކުގެ ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޓްރާންސްޕޯޓުން ބުނީ އަލަށް ލައިސަންސްއަށް އެދޭ ފަރާތްތަކަށް ހިދުމަތްދިނުން ހުއްޓާލީ މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުންނެވެ. އެހެންކަމުން ދެން ޓްރާންސްޕޯޓްގެ ހިދުމަތްތައް އާއްމުންނަށް ލިބިގެންދާނީ އޮންލައިން ކޮށެވެ. 

އަލަށް ލައިސަންސް ނެގުމަށް ހަދާ ތިއަރީ ޓެސްޓް އަދި ޕްރެކްޓިކަލް ޓެސްޓު ހެދުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި ދުއްވުމުގެ ލައިސަންސް އަށް ކެޓަގަރީ އިތުރު ކޮށްދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. 

އަލަށް ލައިސަންސް ނަގަން އެދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލި ކަމުގައި ވީނަމަވެސް ލައިސަންސް ގެއްލިގެން، ނުވަތަ މުއްދަތު ހަމަވެގެން ލައިސަންސް އާ ކުރާ ފަރާތްތަކަށް އެ ހިދުމަތަށް އޮންލައިންކޮށް އެދެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް