ads
މާލޭގައި މިރޭ ހިނގި އެކްސިޑެންޓް
އެކްސިޑެންޓްވި ދުވާ މީހާ ވެންޓިލޭޓަރުން ނަގައިފި
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
Advertisement

މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ބޮޑުތަކުރުފާނުގައި މަގުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން އަންނަނީ 16 އަަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ. 

16 އަަހަރުގެ ކުއްޖަކީ އެ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ކުއްޖާއެވެ. 40 އަހަރުގެ މީހަކީ މަގަށް ދުވަން ނުކުމެ އުޅުނު މީހެކެވެ. އެއީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖްއެވެ. 

ސިރާޖަށް ވެންޓިލޭޓަރުގައި ބާއްވައިިގެން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އޭނާ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އަދިވެސް އެނާއަޑށް ފަރުވާދެމުން އަންނަނީ އައިސީޔުގައެވެ. ސިރާޖަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި މޫނާއި މޭގެ ބައެއް ކަށިތައް ބިނދިފައިވާކަން ވަނީ އެނގިފައެވެ. އަދި ބޯވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަންވެސް ވަނީ އެނގިފައެވެ.

މި އެކްސިޑެންޓްގައި ޒަހަމްވި 16 އަހަރުގެ ކުއްޖާއަށް ހާލު ރަނގަޅުވަމުން އަންނަކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑްގައިކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާވަނީ އެކްސިޑެންޓްވިތާ މާ ގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. އެއީ ޔޫސުފް އަލްސަން މުހައްމަދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް