ފާސްކޮށްފައިވަނީ ނޭވާހިއްލާ މީހުން ބޭނުންކުރާ އިންހޭލާއަށް ކިޔާނެ ދިވެހި ނަމެކެވެ.
ފާސްކޮށްފައިވާ ނަމަކީ "ނޭވާހި" އެވެ.
އައިޖީއެމްއެޗުން ވަނީ ދިވެހި ބަހުގެ އެކަޑަމީއަށް މިކަމާއި ގުޅިގެން ޝުކުރު ވެސް އަދާ ކޮށްފައެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޭވާހިއްލާ މީހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭއި މަހުގެ ފަސް ވަނަ ދުވަހެވެ.