މި ގޮތަށް ނިންމާފައިވަނީ ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ހަގީގަތާއި ހިލާފު ވާހަތަކެއް ޓްރަމްޕުގެ ފޭސްބުކް ޕޭޖުގައި ފަތުރާފައިވާތީ ކަމަށް ފޭސްބުކް އިން ބުނެއެވެ.
ފޭސް ބުކްގެ އިތުރުން ޓްރަމްޕުގެ އިންސްޓަގްރާމް އެކައުންޓުގައި ވެސް ޕޯސްޓު ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
އެ އިންތިހާބާއި ގުޅިގެން ޓްރަމްޕާއި ދެކޮޅަށް ޓްވިޓާއިން ވެސް ފިޔަވަޅުތަކެއް އެޅިއެވެ.
މި ފިޔަވަޅުތައް އެޅި ފޭސްބުކް ގެ ކޮމެޓީން ނިންމާފައިވަނީ ހަ މަސް ދުވަސްފަހުން މި ނިންމުން އަލުން ރިވިއު ކުރުމަށެވެ.