ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތޯބުގައި ވިދާޅުވީ، އެ ހަމަލާ ފުލުހުންނާއި، ސިފައިން ތަހުގީކުރަމުންދާ ކަމަށެވެ.
އަދި އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލް އަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ހޯދަމުން އަންނަ ކަމަށެެވެ.
އެގޮތުން އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އެ ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.