ads
ޕޭޝަންޓަކަށް އޮކްސިޖަން ދެނީ --- ފޮޓޯ: ސީބީއެސް ނިއުސް
އިންޑިއާގައި އަނެއްކާވެސް ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް
އިންޑިއާއިން ދަނީ ކޮވިޑް-19 ގެ ކޭސްތަކާއި މަރުތަކުގެ ރެކޯޑުތައް މުގުރަމުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި 414،188 ޕޮޒިޓިވް ކޭސްއާއި 3،915 މަރުތައް ވަނީ މިއަދު އެކަނިވެސް ރެކޯޑު ކުރެވިފައެވެ. މިގޮތުން ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި މަރުވެފައިވާ ޖުމުލަ މީހުންގެ އަދަދު ވަނީ 234،000 އަށްވުރެ މައްޗަށް އަރާފައެވެ. 

ކޮވިޑް-19ގެ ވަބާގެ ސަބަބުން އިންޑިއާގައި ހޮސްޕިޓަލް އެނދުތަކާއި، އޮކްސިޖަން ސަޕްލައި އާއި އެހެނިހެން ބޭސްފަރުވާއަށް ބޭނުންވާނޭ ތަކެތި މަދުވުމުގެ ސަބަބުން އިންޑިއާގަ ރައްޔިތުން ކޮވިޑާއި ދެކޮޅަށް ބޭސްފަރުވާ ހޯދުމަށްޓަކައި އެތައް ގަޑިއިރެއް، ބައެއް ފަހަރު ދެތިން ދުވަސް ވަންދެން ކިއުގައި ޖެހި މަޑުޖެހިފައި އެބަތިއްބެވެ. 

ބައެއް މީހުނަށް އޮކްސިޖަން ހޮސްޕިޓަލުތަކުން ނުލިބިގެން ގޮތް ހުސްވުމާއެކު ދިއްލީގައިވާ ސިކް ފަށްޅިއަކަށް އޮކްސިޖަން ހޯދުމަށްޓަކައި ދާން ޖެހިފައިވެއެވެ. 

އިންޑިއާގައި ކޮވިޑް-19 ނުޖެހޭ މީހުނަށްވެސް ވަކި ފަސޭހައެއް ނޫނެވެ. ވެކްސިން ގެ ޑޯޒްތައް ހަމަކުރުމަށްޓަކައި ވެސް ހިތްވަރާއެކު ދިގު މުއްދަތުތަކަށް މަޑުކުރަން އެބަޖެހެއެވެ. 

ދުނިޔޭގެ އެންމެ ގިނަ ވެކްސިން އީޖާދުކުރާ ގައުމުތަކުގެ ތެރެއިން ގައުމަކަށް އިންޑިއާ ވުމާއެކުވެސް، އިންޑިއާއިން ކޮވިޑާއި ދެކޮޅަށް އަދި ވެކްސިން ދެވިފައިވަނީ އެގައުމުގެ ތިން ޕަސަންޓަށް ކަމަށް އެޕިޑާމަޓޮލޮޖިސްޓް ޑރ. ރަމަނާން ލަކްސްމިނަރަޔަން ބުނެފައިވެއެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެކްސިންގެ ދެ މިލިއަން ޑޯޒް ވަނީ ދެވިފައެވެ. އެހެން ނަމަވެސް އެޕިޑާމަޓޮލޮޖިސްޓުން ލަފާ ކުރާ ގޮތުގައި 1.4 މީހުންގެ އާބާދީއަށް ވެކްސިން ދިނުމަށްޓަކައި އެއަށް ވުރެ ގިނަ ޑޯޒް އެބަ ބޭނުން ވެއެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް