މަނީ ލޯންޑަރިންގެ މައްސަލައިގައި އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރެއްވުމަށް ފަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އަލަށް މީހަކު ޓެލެގްރާމާ ގުޅުމުން ނޯޓިފިކޭޝަން އައުމަކީ ޓެލެގުރާމް ގެ ފީޗާ އެކެވެ. އެގޮތުން މީހަކު ވަނީ ރައީސް ޔާމިން އަލުން ޓެލެގްރާމް ބޭނުންކުރަންފެށިކަމުގެ ނޯޓިފިކޭޝަން އައުމުން ރައީސް ޔާމީނަށް މަރުހަބާ ކިޔާފައިވާ މެސެޖުގެ ސްކްކްރީންޝޮޓެއް ޓުވިޓާގައި ޕޯސްޓްކޮށްފައެވެ. އަދި ރައީސް ޔާމީން ވަނީ އެމީހާއަށް ރިޕްލައިކޮށް ޝުކުރު އަދާކޮށްފައެވެ.
އެ ޓުވީޓަށް ރިޕްލައި ކުރި އިތުރު މީހަކު ވަނީ ރައީސް ޔާމީންގެ ނަންބަރު ދިނުމަށް އެދިފައެވެ. އޭނާ ބުނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކުރާ އާންމު ރައްޔިތެއްގެ މެސެޖަށްވެސް ރައީސް ޔާމީން ރިޕްލައި ކުރޭތޯ ބަލަން ބޭނުންވާ ކަމަށެވެ. އަދި ރައީސް ޔާމީން ރިޕްލައި ކުރި ކަމަށް އެމީހާ ފަހުން ވަނީ ބުނެފައެވެ.