އާމިރްގެ ފުރަތަމަގެ އަބިމީހާ ކަމުގައިވާ ރީނާއަށް ވަނީ ދެ ކުދިން ލިބިފަ އެވެ .އަދި ދެވަނަ އަބިމީހާ ކިރަންއަށް ސަރޮގެސީގެ ޒަރިއްޔާއިން ވަނީ އެއް ކުއްޖަކު ލިބިފަ އެވެ.
އާމިރްގެ އެންމެ ދޮށީ ދަރިފުޅު އަދި އޭނާގެ ހަމަ އެކަނި އަންހެން ދަރިފުޅު އިރާ ހާން އަށް ވަނީ މިމަހުގެ އަށް ވަނަ ދުވަހުގައި 23 އަހަރު ފުރިފަ އެވެ.
އިރާ އޭނާގެ 23 ވަނަ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ލޯބިވެރިއާ ނުޕުރްއާއި އެކުގަ އެވެ. އިރާ ވަނީ އޭނާގެ އުފަން ދުވަހުގެ ކޭކު ފަޅާ ވީޑިއޯއެއްވެސް އިންސްޓާގްރާމްގައި ހިއްސާކޮށްފަ އެވެ.
އިރާގެ ލޯބިވެރިއާ ނުޕުރް ވަނީ އިރާ ކޭކް ކާން އިން ވީޑިއޯ އެއްވެސް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭގައި ނުޕުރް ބުނެފައި ވަނީ ގިނަ ކޭކުތަކަކާއި އެކުގައި އިރާގެ އުފަން ދުވަސް ފާހަގަކުރުން ކުރިއަށްދާ ކަމުގަ އެވެ.