ads
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓާ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ލިސްޓުގައި ހިމަނާފައިވާ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިފައިވާތީ ތުހުމަތެއް ކުރެވުމުން އެ މަގާމުގައި ދެމި ހުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކަރާމާތަށް އުނިކަން އަންނާނެކަމެއް ކަމަށް ދެކޭ ކަމަށްބުނެ ރައީސް ސޯލިހަށް ޒިޔަތު ފޮނުވި ސިޓީއެއްގައެވެ.

އެ ސީޓީ “ސީއެންްއެމްއަށް”ވެސް ލިބިފައިވާއިރު، އެ ސީޓީގައި ވަނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން، އެމްއެމްޕީއާރްސީ ގެ މައްސަލާއި
ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި
ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން
ހިމެނޭ ލިސްޓްގައި ޒިޔަތުގެ ނަން ހިމަނާފައިވާތީ، “ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލް ގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ، ދައުލަތާއި
އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކުނު ހިނދު، ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލް ގެ މަގާމުން މިއަދު އިސްތިއުފާ ދީފިން”ކަމަަށެވެެ.

އަދި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން،  މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު
އަދާކުރުމުގައި، އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ސީއެންއެމްއަށް  ބުނެފައިވަނީ އެފަދަ އަޑުތަކެއް ފެތުރެމުންދާތީ އެކަން ކަށަވަރުކުރަމުންދާ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ
މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއް ހިމެނޭ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެސެޓް ރިކަވަރީއިން ޖުޑިޝަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ޖޮއިންޓު ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. 

އެ ލިސްޓު މިއަދު އެކޮމެޓީން އާއްމުކުރިއިރު، އޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓެވެ.

މިނިވަން މުއައްސަތާކަށް ނިސްބަތްވާ 11 ބޭފުޅެއްގެ ނަން ހިމެނޭއިރު، މިނިވަން މުއައްސަސާތަކުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ހިމަނާފައި ވަނީ ޒިޔަތުގެ ނަން އެކަންޏެވެ. އަދި އޭނާ އަށް ތުހުމަތުވާ މައްސަލަ އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އެވެ.

ޒިޔަތު ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ތުހުމަތުކުރެވުނު ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި ފައިސާ ލިބުނީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ކަމަށާއި އެއީ ހިޔާނާތުގެ ފައިސާކަން ނޭގޭ ކަމަށެެވެ.

ޒިޔަތު މަގަމާ ހަވާލުވެވަޑައިގަތީ 2014 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް