ads
ކުޑަކުދިންގެ ހިޔާ
ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރަނީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް، ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޖެންޑާ މިނިސްޓްރީން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް މަދު ކުރުމަށާއި، ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިލާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި “ގެވެށި ގުޅުން” ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައި އެ ކެމްޕެއިންގެ ދަށުން މުޅި ރާއްޖޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އިތުރުކޮށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުޖޮށްދޭ މަރުކަޒުތައް، ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ.

ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އަމިއްލަ ޖަމިއްތާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން އާއިލީ ގުޅުން ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ވިސްނުމާއި އުޅުން އާންމުންގެ ކިބައިގައި އަށަގެންނެވެމުށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ރޭވި އެކަންކަމުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފަށަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ

މީގެ އިތުރުން އާއިލާތަކުގެ ދުވަހެއް ފާހަގަކުރެވޭއިރު އާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅާލުމާއި، ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި، މީހުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަރުކަޒުތަކުގައި ތިބުމުން މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ލިބިގެންވާ ހައްގަކަށް ވެފައި، އެ ހައްގުން މަހްރޫމްވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެއް ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ހަމަ މި ބީދައިން އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެފަރާތްތަކުގެ އާއިލާގެ އަޅާލުމެއް ނެތި މަރުކަޒެއްގައި ދިރިއުޅެންޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން އެތައް ދިރާސާއަކުން ފާހަގަވެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. 

އެހެންކަމަށްވުމާއެކު، މިކަންކަމާ މެދު ފުންކޮށް ވިސްނަވައި ކުދިންނާއި، މީހުން މަރުކަޒުތަކަށް ފޮނުވުމަކީ އެންމެ ފަހު ހައްލު ކަމުގައި ދެކެވަޑައިގެން އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ކޮންމެ ކުއްޖަކާއި އަދި މީހަކަށްވެސް ހޯއްދަވައި ދެއްވުމަށް ފަރުދީ ފެންވަރުގަ އާއި ޖަމާއަތުގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެމިނިސްޓްރީގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް