ads
ފޮޓޯ:ޖޯން އަދި އޭނާގެ އަންހެނުން
ޖޯން އޭނާގެ އަންހެނުންނާ ދިމާވީ ބޭންކްއަކުން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް އަކީ އަންހެން ކުދިންގެ ހިތް ކަތިލާފައިވާ ޒުވާނެ އެވެ. ނަމަވެސް ޖޯންގެ ހިތުގައި ވަނީ އޭނާގެ އަންހެނުން ޕްރިޔާ ރުންޗަލް އެވެ.
Advertisement

ޖޯން އަދި ޕްރިއާ 2014 ވަނަ އަހަރުގައި ކައިވެނި ކޮށްފައިވާއިރުގައި އެމީހުން ދިމާވީ ކިހިނެއްތޯ ކުރެވުނު ސުވާލުގެ ޖަވާބު ޖޯން ވަނީ ވަރަށް ފުރިހަމަކޮށް ވަރަށް ފިލްމީކޮށް ދީފަ އެވެ.

ޖޯން ކިޔާދިން ގޮތުގައި އެމީހުން ދިމާވީ ވޯލްޑް ބޭންކުން ނެވެ. އޭރު ޕްރިޔާ އަކީ އޭނާގެ ރަހުމަތްތެރިއެއްގެ ވަރަށް ގާތް ކުއްޖެއް ކަމަށް އޭނާ ބުނެ އެވެ.

ޕްރިއާގެ ފުރަތަމަ ފެނިލުމުން ވެސް ހިތަށް ގޮތެއްވި ކަމަށް ޖޯން ބުނެ އެވެ. ނަމަވެސް ޕްރިއާ ލިބޭތޯ އޭނާ މާބޮނޑު މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުނެ އެވެ.

އެހެން ހުއްޓާ ޕްރިއާ ޖޯން ކަސްރަތު ކުރަންދާ ޖިމަށް އަންނަށް ފެށި ކަމަށާއި އެހާ ހިސާބުން ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެންޏާ ހިސާބަށް ވާސިލްވީ ކަމަށް ޖޯން ބުނެ އެވެ.

ޖޯން އަބްރަހަމްއަކީ ބޮލީވުޑްގެ މަޝްހޫރުތަރި އެވެ. ހާއްސަކޮށް ހިންދީ އެކްޝަން ފިލްމުތަކުން އޭނާ ވަރަށް ގިނައިން ފެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް