ދެ ތަރިން ވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވި އެވެ. ނަމަވެސް ރަށްޓެހިވިތާ މާގިނަ ދުވަސްތަކެއް ނުވެ. ދެމީހުންގެ މެދުގައި މައްސަލަ ޖެހެން ފެށި އެވެ.
ޖޯން ބުނާ ގޮތުގައި އެމީހުން ރުޅިވުމުގެ މައިގަނޑު ސަބަބަކީ ބިޕާޝާ އޭނާއަށް އިތުބާރު ނުކުރުމެވެ. ރަހުމަތްތެރި އަންހެން ކުއްޖަކާ ވާހަކަ ދައްކާ ލިއަސް ބިޕާޝާ ގާތަށް އަންނަނީ ރުޅި ކަމަށް ޖޯން ބުނެ އެވެ. އަބަދު ޒުވާބު ކުރަން ޖެހޭތީ އޭނާ އެންމެ ފަހުން ފޫހިވީ ކަމަށް ޖޯން ބުނެ އެވެ.
ބިޕާޝާ ބުނާ ގޮތުގައި އެމީހުން ވަކިވާން ޖެހުނު ސަބަބު ވަަރަށް ތަފާތެވެ.ޖޯން ބިޕާޝާއާ ކައިވެނި ކުރަން ބޭނުން ނުވުމުން އޭނާގެ ހިތަށް ކެތްނުކުރެވުނު ކަމަށް ބިޕާޝާ ބުނެ އެވެ. އޭނާ އަބަދުވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރަން ކަމަށާއި އެކަން ޖޯން އަށް ނިކޮށް ދެވެމުން ރުޅި އަންނަން ފެށީ ކަމަށް ބިޕާޝާ ބުނެ އެވެ.
ބިޕާޝާ ބުނި ގޮތުގައި ޖޯންއާ އެކުގައި ރަހުމަތްތެރި ކަމުގެ ގުޅުން ބޭއްވުނީސް އެވެ. ނަމަވެސް ރުޅި ވެފައި ޖޯން މީޑިއާތަކަށް އަރާ އޭނާއާ ދިމާލަށް އެއްޗިހި ކިއުމުން ވަރަށް ފޫހިވި ކަމަށް ބިޕާޝާ ބުނެ އެވެ.
ބިޕާޝާ އަދި ޖޯން ވެސް މިއަދު އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއްގަ އެވެ. އަދި އެ ދެ މީހުންވެސް ވަނީ މިހާރު ކައިވެނިކޮށް އެމީހުންގެ ބައިވެރިންނާ އެކުގައި ލޯބިން އުޅެމުން ނެވެ.