އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 64 އަހަރުގެ ފިރިހެނެއްކަމަށެވެ.
އޭނާ މަރުވެފައިވަނީ މިރޭ ދަންވަރު 00:14ގައެވެ. އެހެންކަމުން މިއީ މިއަދުގެ ފުރަތަމަ މަރެވެ. އަދި މިހާތަނަށް ބަލީގައި މަރުވި 99ވަނަ މީހާއެވެ.
އިއްޔެ އެކަނިވެސް ވަނީ ހަތަރު މީހަކު ބަލީގައި މަރުވެފައެވެ. އިއްޔެ އެންމެފަހުން ކޮވިޑްގައި މަރުވެފައިވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވެފަައިވަނީ ރޭ 10:48 ގައެވެ.