ads
ހަފްތާރެސް ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަފްތާރެސް މިއަދު މާލޭގައި ބާއްވަނީ
ހަފްތާ ބަންދުގައި ބާއްވަމުން އަންނަ ހަފްތާރެސް މިއަދު މާލޭގައި ބާއްވާ ގޮތަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
ހަފްތާ ބަންދުގައި ބާއްވަމުން އަންނަ ހަފްތާރެސް މިއަދު މާލޭގައި ބާއްވާ ގޮތަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

މިއަދު ހަފްތާރެސް ބާއްވަން ހަމަޖެހިފައިވަނީ މާފަންނު ސޯޝަލް ސެންޓަރުގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާ އެ ހަރަކާތަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ

ފާއިތުވެދިޔަ މަހު މާލެ ސިޓީގައި ހަފްތާރެސް ބޭއްވުމަށްފަހު ދެން ކުރިޔަށް ގެންގޮސްފައިވަނީ ޅ. ހިންނަވަރާއި ލ. ގަމާއި ރ. އުނގޫފާރުގެ އިތުރުން ފ. ނިލަންދޫގައެވެ.

ޔޫތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ހަފްތާރެސް މިއަދު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އަދި މިރޭ 20:00 އިން 23:00 ކަމަށެވެ.

ހަފްތާރެސް ގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން މުދާ ވިއްކާ ސްޓޯލްތަކާއި ކުޑަކުދިންގެ ހަވީރެއްވެސް ކުރިޔަށް ދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް