ads
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް--- ފޮޓޯ: އެމްއޭސީއެލް ޓްވިޓާ
އެމްއޭސީއެލްގެ ޓްވީޓުން "ފްރީ ފަލަސްތީނު" އުނިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަލަސްތީނާއި އެކުކަމަށް ބުނެ ކޮށްފައިވާ ޓްވީޓު ޑިލިޓްކޮށް، "ފްރީ ފަލަސްތީނު" ހޭޝްޓެގް ނެގުމަށްފަހު އަލުން ޓްވީޓު ކޮށްފިއެވެ.

މުޅި ރާއްޖެ ފަލަސްތީނާއި އެއްކޮޅަށް ނިކުމެ "ފްރީ ފަލަސްތީނު"ނަމުގައި ހަރަކާތެއް ބާއްވާފައިވާއިރު ގިނަ ބައެއްގެ އެއްބާރުލުން މިކަމަށް ލިބިފައި ވެއެވެ. މިކަމަށް އެއްބާރުލުންދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. އަދި ސިފައިންގެ ބޮޑުސްކްރީނުގައިވެސް ފަލަސްތީނުގެ ދިދަ އިއްޔެ ވަނީ އަޅުވާފައެވެ. މީގެ އިތުރުންވެސް ގިނަ މުއައްސަސާތަކުން ވަނީ ފަލަސްތީނާ އެކުގައިވާކަން ހާމަ ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްފައެވެ. 

އެގޮތުން އެމްއޭސީއެލް އިންވެސް އިއްޔެ ވަނީ ފަލަސްތީނާއި އެކުގައިވާ ކަމަށްބުނެ "ފްރީ ފަލަސްތީނު" ހޭޝްޓެގް ބޭނުންކޮށް ޓްވީޓެއް ކޮށްފައެވެ. 

އެހެން ނަމަވެސް މާގިނަ އިރުތަކެއް ނުވެ އެމްއޭސީއެލްއިން ވަނީ އެޓްވީޓު ޑިލިޓް ކޮށްފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެމްއޭސީއެލްއަށް އަމާޒުވެފައެވެ. އަދި އެއްބަޔަކު ބުނަމުން ދިޔައީ އެޓްވީޓް ޑިލިޓް ކޮށްފައިވަނީ ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވެގެން ކަމަށެވެ. 

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެޓްވީޓު ޑިލިޓް ކޮށްފައިވަނީ ސެންސިޓައިޒް ކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. އަދި އެކަންތައްތަކަށްފަހު އަލުން ޓްވީޓު ކޮށްފައިވާއިރު "ފްރީ ފަލަސްތީނު" ހޭޝްޓެގް ވަނީ ނަގާފައެވެ. އެހެން އެއްވެސް ބަދަލެއް ގެނެސްފައިވާ ކަމެއް ފާހަގައެއް ނުކުރެވެއެވެ. 

މިއާއެކު އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެކުންފުންޏަށް އަމާޒުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް