
ޑރ މައުސޫމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެއްސުން މެދުކަނޑާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ.
އަންގާރަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މޭރަޔު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް، ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް ކަނޑައެޅެންދެން، އަދި ދަފްތަރުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް، ދަފްތަރުގައި ޖެއްސުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޑރ. މައުސޫމް ވިދާޅުވީ، އެހެންދިވެހި ރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުން ނުވާކަމަށެވެ. އަދި "މާލޭ ދަފުތަރަށް ސަލާމް" ބުނާ ކަމަށެވެ.
މީގެ އިތުރުން ހއ. ކެލާ ނުވަތަ ދަފުތަރު ކޮށްދޭ އެހެން ރަށެއް ނުވަތަ ސިޓީއެއްފެ ދަފްތަރުގައި ޖެހެން ނިންމައިފި ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.