ads
ކެނދިކުޅުދޫ ދާއިރާ މެމްބަރު އީސަ
އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮމެޓީތަކުން އީސަ އެކަހެރިކުރަން ނިންމައިފި
ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮމެޓީތަކުން އީސަ އެކަހެރިކުރަން ނިންމައިފި އެވެ.
Advertisement

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުހުމަތުތަކެއް އޭނާގެ އަންހެނުން ވަނީ ކޮށްފައެވެ. 

މިކަމާގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްްގަައި ބުނީ، އީސާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގަވައިދެއްވުމަށް އެ ޕާޓީން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ. 

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ އީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދުވަނީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ އަދި ޖިނާއީ ތަހްގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވަނީ  ފަށާފައެވެ.

މެންބަރު އީސާގެ މައްޗަށް ވަނީ އަނބިކަނބަލުން އަސްރާ ނަސީމަށް ވަރަށް ބޮޑަށް އަނިޔާކޮށް ދަރިފުޅު ނުވަވަނަ ފްލޯގެ ބެލްކަނީ އިން ވައްޓާލަން އުޅުންކަމުގެ ތުހުމަތުތަކެއް ކުރެވިފައެވެ. 

އީސާއަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކުއްލި ކޮމިޓީ ބައްދަލުވުމެއް މިއަދު ބޭއްވި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އީސަގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހޭގޮތެއް ވަނީ ނުވެފައެވެ.

ވޯޓިން ކޯރަމް ހަމަކުރުމަށްޓަކައި، ކޮމިޓީއަށް ހާޒިރު ނުވެ ބާކީ ތިބި ތިން މެންބަރުންނަށް ގުޅައިގެން ކޮމިޓީގައި ބައިވެރި ކުރެވޭތޯ ގިނަ މަސައްކަތް ކުރެވުނު ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ނުވުމުގެ ސަބަބުން ކޮމިޓީ ވަނީ ނިންމާލާފައެވެ.

އީސާގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގި ކޮމިޓީ ނިންމާލަން ޖެހުނު ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާ ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް