ads
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލިހުން ރުހުންދީފި
ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ހަސަން ޒަރީރަށް ރައްޔިތުން މަޖިލިހުން މިއަދު ރުހުންދީފިއެވެ.
Advertisement

ފިނޭންސް މިނިސްޓަރުކަމަށް ޒަރީރް އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު ކުއްލިއަކަށް އިސްތިއުފާދެއްވުމުންނެވެ. ޒަމީރު ވިދާޅުވީ އެނާ މަގާމުން އިސްތިފާދެއްވި ސިއްހީ ސަބަބުތަކާ ހުރެކަމަށެވެ. 

އަލަށް ފިނޭންސް މިނިސްޓާރުކަމަށް އައްޔަންކުރެއްވި ޒަރީރަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. އޭނާގެ ނަން ދިރާސާކުރަން ފޮނުވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން  މިދިޔަ ހޯމދުވަހު ވަނީ ޒަރީރަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ. 

މިއަދުގެ މަޖިލީހުގެ ތަޅުމުގައި  ޒަރީރަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދޭން ފެންނަކަމަށް ނިންމާފައެވެ. މި ވޯޓުގައި އެމްޑީޕީގެ 9 މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ. ސަބަބަކީ ވޯޓަށް އެހުމުގެ ކުރިން މަޖލީހުގެ ރިޔާސަތުން އެ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައިވާތީއެވެ. 

މީގެކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވާފައިވާ ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ.  

ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާ އޮފް އެކައުންޓިންގް އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު، 2024 ގަ އެވެ. އޭގެ ފަހުން އެ މަގާމު އަދާކުރެއްވީ ޒަމީރެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;