ޒައިދު ކުރެއްވި ޓްވީޓެއްގައި ހުރިހާ ބޭފުޅުންވެސް އައުރައަަށް ރައްކާތެރިވުމަށް ގޮވާލާފައި ވެއެވެ.
ޒައިދު ވިދާޅުވީ ޕޮއިންޓެއް ޕްރޫވް ކުރަންވެސް އައުރަ އެންމެނަށް ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.
ޒައިދު މިގޮތަށް ޓްވީޓް ކޮށްފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ.
ބައެއް މީހުންނަށް ވީވަރު އަދި ވާގޮތް ސާފުނުވާތީ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ފޮޓޯއެއް ޓުވީޓް ކޮށްފައެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ ފާރުތައް މިހާރު ހިކެމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެފޮޓޯއިން އެމަނިކުފާނުގެ ހަށިކޮޅުގެ ބޮޑުބައެއް ފެންނަން އޮތްއިރު ލިބިފައިވާ އަނިޔާތައް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ.
ރައީސް ނަޝީދުގެ މިޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.