ads
ބީއެމްއެލް
މިހަފްތާގައި ބީއެމްއެލް ހުޅުވާނީ ތިން ދުވަހު
މިހަފްތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ ތިން ދުވަހު ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މިހަފްތާގައި އެކުންފުނީގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނީ ހަމައެކަނި އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. 

އަދި މިދުވަސްތަކުގައިވެސް ބީއެމްއެލް ހުޅުވާ ވަގުތު މަދުކޮށްފައި ވާއިރު، މިދުވަސްތަކުގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ. 

މިހަފްތާ ތެރޭގައިވެސް އަސާސީ ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވާއިރު، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ޕޭރޯލް ހިދުމަތް ލިބިގެންދާނެއެވެ. 

އަދި މާލޭ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށާއި، ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބީއެމްއެލްއިން ވަނީ އެދިފައެވެ. 

ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. 

މީގެ އިތުރުން އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި، ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. 

ބީއެމްއިލްއިން މިބަދަލުތައް ގެނެސްފައި މިވަނީ ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލޫތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް