ads
ގާޒީ ހަސަން ސައީދު -- ފޮޓޯ / މިހާރު
ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމައިފި
ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
Advertisement
ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުރުން ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ބަލައިގަތުމަށް ނިންމި ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ޖަވާބު ދިނުމަށް އަލްއުސްތާޒު ސައީދަށް އެ ކޮމިޝަނުން ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގައި ލިޔުމުން ހަސަން ސައީދު ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް ފަނޑިޔާރުގެ ސުލޫކަށް އަސަރު ފޯރާ ކަންތައްތަކެއް ހުރި ކަމަށް ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއި އެކު ފަނޑިޔާރު މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ވަނީ މީގެކުރިން ގާޒީ ހަސަން ސައީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައެވެ. އެއީ ސުލޫކީ މައްސަލަ ބަލަމުންދާތީއެވެ.

ގާޒީ ހަސަން ސައީދާއި ގުޅިގެން ޖޭއެސްސީން ބޭއްވި އަޑުއެހުން ބާއްވާފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެ އަޑުއެހުމުގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ އޭނާއާ ގުޅޭ ބަދުއަހުލާގީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ވާހަކަތަކުގެ ސަބަބުން އާއިލާއަށް ބޮޑު ދެރައެއް ލިބި، މުޅި މުޖުތަމައުއަށް އޭނާ ބަދުނާމުވެގެން ގޮސްފައިވާ ކަމަށާއި އޭނާ އަކީ އެފަދަ ކަންތައްތަކާ ވަރަށް ދެކޮޅު މީހެއް ކަމަށްވެސް ކީރިތި ކުރައްވަމުން ގާޒީ ހަސަން ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;