ads
ކާފިއުގެ ވަގުތު
ހަވީރު 04:00 އިން ހެނދުނު 08:00 ކާފިއު އިއުލާނު ކޮށްފި
ހަވީރު 4:00 އިން ހެނދު 8:00 ކާފިއު އިއުލާނު ކޮށްފި އެވެ
Advertisement

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ، މާލޭގައި ކާފިއު ހިންގާ ވަގުތު ހަވީރު 4 އިން ހެނދުނު 8 އަށް ހަމަޖައްސާ ނިންމާފައިވާ ކަމަށެވެ. 

އަދި އެ ފިޔަވަޅަށް އަމަލު ކުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ކާފިއު ނޫން ވަގުތު ތަކުގައިވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ

އެގޮތުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާހެއް އޮވެގެން ކަމަށާއި އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ފާސް ދޫކުރެވޭނީ ދުވާލުގެ ދެ ގަޑިއަކަށް ބަހާލައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ބައެއް ފާމިޓްތައް ދޫކުރެވިފައި ހުންނާނީ ހެނދުނު 8:00 މެންދުރު 12:00 އަށް ކަމަށާއި އަނެއް ޕާމިޓްތައް ދޫކުރެވިފައި ހުންނާނީ މެންދުރު 12:00 އިން ހަވީރު 4:00 ކަށް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވެ، މާލޭ ސަރަހައްދުން ކޭސްތައް ފެންނަ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރު އެޅިފައިވާ ފިޔަވަޅުތަކުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް މިއަދު މި ވަނީ އިއުލާނު ކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި 1،559 މީހުންގެ ތެރެއިން 1،135 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވެފައިވާ މީހުންނެވެ.

14%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް