ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ސްޓޫޑެންޓް ލޯނު: ހުޅުވާލި 770 ފުރުސަތުގަ ހޮވުނީ 417 ދަރިވަރުން
މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓު އިއުލާނު ކުރަން ބޭއްވި ރަސްމިއްޔާތުގަ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި އަހަރު ހުޅުވާލި ލޯނު ސްކީމަށް ދައުލަތުގެ ބަޖެޓުން 137،608،931 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އެ ލޯނު 770 ކުދިންނަށް ހުޅުވާލި ނަމަވެސް ލޯނަށް ކުރިމަތިލި ހާހަކަށްވުރެ ގިނަ ކުދިންގެ ތެރެއިން ލޯނު ލިބިފައިވަނީ 417 ކުދިންނަށް ކަމަށް ވެސް މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

ލޯނު ސްކީމް ހުޅުވާލީ މުޅިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ކަމަށް ވާއިރު މިނިސްޓަރު ވިދާޅުވީ ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން އެމްއެމްބީއެސް އަދި ޕައިލެޓް ތަމްރީނު ހަދާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ބުރު އެމްއެމްބީއެސް ކިޔަވާ 65 ދަރިވަރަކަށް އަދި ޕައިލެޓް ލައިސަންސްއަށް ކިޔަވާ 16 ދަރިވަރަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނު ދީފައެވެ.

ފުލް ފަންޑިންގައި ކިޔަވަން ދާ ގައުމުތަކުގެ ލިސްޓު ވެސް މި ފަހަރު އިތުރުކޮށްފައިވެ އެވެ. ލިސްޓުގައި ސާކުގެ ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިޔާ، ޔޫކްރެއިން، ރަޝިޔާ، ކްރިގިސްތާން، ޗެކްރިރިޕަބްލިކް، އަޒުރްބައިޖާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑޮނޭޝިޔާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ އަދި މޮރިޝަސް ހިމެނެ އެވެ. 

އެ މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނު ސްކީމުން ކަނޑައެޅީ 770 ޖާގަ އެވެ. އަދި އެ ފުރުސަތު ހޯދުމަށް 1000 ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް