ads
ފޮޓޯ--ފްލައިޓްގަ ކައިވެނި ކުރި ދެމަފިރިން
ކޮވިޑްގެ ފިޔަވަޅުތަކުން ސަލާމަތްވާން ކައިވެނި ކުރީ މަތިންދާ ބޯޓެއްގައި
ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން ސަލާމަތްވެ ކައިވެނި ބޮޑު ހަފްލާއެއް އިންޑިއާގެ މަތިންދާ ބޯޓެއްގައި ބާއްވައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ފްލައިޓްގައި އާއިލާގެ 161 މެމްބަރުން ހާޒިރުވެތިބިއެވެ. އެ ކައިވެނި ކޮށްފައި ވަނީ އިންޑިއާގެ މަދޫރައި އަވަށުގައި ހުންނަ މިނާކްޝީ އަމަން ފައްޅިއާ ފްލައިން އަރާ ހަމަވި ގަޑީގައި ކަމަށް ވެސް ރިޕޯޓް ކޮށްފައި އެވެ.

އެ ކައިވެނި ހަފްލާ ބާއްވައި ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ އެ ގައުމުގައި ހަރުކަށި ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ފްލައިޓް އިންޑިއާގެ މަދޫރައި އިންޓަނޭޝަނަލް އެއާ ޕޯޓުން ނައްޓާލާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:00 ޖެހި އިރު އެވެ. ކައިވެނި ކުރި ދެމަފިރިންގެ އާއިލާގެ މެމްބަރުންނާއި ކައިވެނީގެ ޕޮޓޯ ގްރާފަރުން ހިމެނޭ ގޮތަށް 161 މީހުން އެ ހަފްލާގައި ހިމެނެ އެވެ.

ކައިވެނި ހަފްލާގެ ފޮޓޯ ނަގަން ހަރަކާތްތެރިވި ޕޮޓޯގްރާފަރުން ބުނާ ގޮތުގައި ކައިވެނި ކުރި ދެމަފިރިން ހުރީ މާސްކުވެސް ނާޅަ އެވެ. އަދި އެމީހުންގެ އައިލާ މީހުން ވެސް ތިބީ މާސްކު ނާޅާ ކަމަށް ޕޮޓޯގްރާފަރުން ބުނެ އެވެ.

އެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން އެއްޗިހި ކިޔަމުން ނެވެ.

ބައެއް މީހުން ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތު މިހާރު ވެސް އެހާ ގޯސްވެފައި ވާއިރު އެއްވެސް ގައިދުރުކަމެއް ނެތި މާސްކް ނާޅާ ކައިވެނި ހަފްލާއެއް ބޭއްވުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން އިންޑިއާ ސިފައިން ބުނީ އަދި އެމީހުންނާ މެދު ފިޔަވަޅެއް ނާޅާ ކަމަށެވެ. އެއީ ގައުމުގެ އެތެރޭގައި ހިންގި އަމަލަކަށް ނުވާތީ، އަދި ފިޔަވަޅެއް އެޅުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެއާޕޯޓް މެނޭޖްމެންޓުން ބުނެފައި ވަނީ އެމީހުންނަށް ފްލައިޓްގައި ކައިވެނި ކުރަން އުޅޭކަމެއް ނޭނގޭ ކަމަށެވެ. އެހެން ކަމުން އެ ޕަސެންޖަރުން ހިންގި އަމަލުގެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި ފިޔަވަޅެއް އަޅަން ނިންމާފައިނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް