ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ހުޅުމާލެ މެޑިކަލް ފެސިލިޓީ ފެނަކަށް ނުޖެހޭ، ދެނީ މިނަރަލް ވޯޓާ:އައިޖީއެމްއެޗް
ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ބަލިމީހުންނަށް ދޭ ފެންހުސްނުވާ ކަމަށާއި، އެ މީހުނަށް ދެމުން ގެންދަނީ މިނަރަލް ވޯޓާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) އަކީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް، އެ ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުން އަންނަ ތަނެއް ކަމަށެވެ.

އެޗްއެމްއެފް ގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ހިދުމަތް ދެނީ ކޭޓަރިން އުސޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށާއި އަދި ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް އެތަނުން ބޯފެން (މިނަރަލް ވޯޓާ) ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކަންމިހެން އޮތްނަމަވެސް ބައެއް ބަލިމީހުންގެ އާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓާ ފޮނުވާ ކަމަށެެވެ.

އައިޖީއެމްއެޗުން ބުނީ ހެޕީ މާކެޓް ޓްރޭޑިން ކޮމްޕެނީގެ ފަރާތުން އެޗްއެމްއެފް އަށް ހަދިޔާކުރި މިނަރަލް ވޯޓަ ވަނީ ފެސިލިޓީއިން ބަލައިގަނެފައި ކަމަށާއި އެ ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓާ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށެެވެ. 

އަދި އެ ފެން ފެސިލިޓީގެ ފަރާތުން ބަލައިގަނެފައިވަނީ ފެސިލިޓީ އިން މިނަރަލް ވޯޓާ ހުސްވެފައިވާތީ ނޫންކަމުގައްޔާއި އެފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް