ads
ބަޔަކު ވިޔަފާރި ކުރަނީ---
ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށްފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، އެ މުއްދަތުގައި މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ދިނުމުގައި އަމަލު ކުރަންވީ އުސޫލު އިކޮނޮމިކް މިނިސްޓްރީން އާންމު ކޯށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާލަތުގައި ވިޔަފާރިތައް އަމަލު ކުރަންވީ ގޮތުގެ އިއުލާނެއް މިއަދު ގެޒެޓު ކޮށްފައެވެ. 

އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާލަތުގައި ވިޔަފާރިތައް އަމަލު ކުރަންވީ ގޮތުގެ އިއުލާނެއް މިއަދު ގެޒެޓު ކޮށްފައެވެ.  

އެގޮތުން މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުންނަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ވިޔަފާރިތަކުގެ ތެރެއިން މުދާ ވިއްކާ ތަންތަނުން އަމަލު ކުރަން ޖެހޭ ގޮތް މިނިސްޓްރީން އާންމު ކޮށްފައިވެއެވެ. އެގޮތުން މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މުދާ ވިއްކާ ތަންތަނުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަަމައެއާއެކު މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކޮންމެ ތަނަކަށް، ދެ ސަޕޯޓް ސްޓާފުންނާއި ދެ ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރާނެ ކަމަށާއި، އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ، [email protected] އަށް މިނިސްޓްރީގެ އިއުލާނާއިއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން، އެ އިތުރަށް ދިރާސާކުރުމަށްފަހު، ހުއްދަ ދޫކުރެވޭނެ ކަމަށް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. އަދި އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށް މިިނސްޓްރީން ފާޙަގަ ކޮށްފައިވެއެވެ. އަދި އެފަދަ ތަންތަނުން ދޭ ޓޭކްއަވޭގެ ހިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ. 

ހަމައެއާއެކު ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ، ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށާއި، މިފަދަ ހިދުމަތްދޭ ކޮންމެ ތަނަކަށްވެސް، ހަތަރު ސަޕޯޓް ސްޓާފް އަދި ދެ ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ،  [email protected] އަށް މިނިސްޓްރީގެ އިއުލާނާއިއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން، އިތުރަށް ދިރާސާކުރުމަށްފަހު، ހުއްދަ ދޫކުރާނެކަން ފާހަގަ ކޮށްފައިވެއެވެ. ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، މުވައްޒަފުން ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި އޮފީށްތަކުގައި މަސައްކަތް ކުރުމުގައި ހުއްދައަށް އެދުމުގައި ކޮންމެހެން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އޮފީހަށް ދިޔުމަށް ބޭނުންވާ ވިޔަފާރިތަކުން، ކޮންމެ މުވައްޒަކުގެ ޑިއުޓީ ގަޑި އަދި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު [email protected] އަށް މިނިސްޓްރީގެ އިއުލާނާއިއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން ހުއްދަ ދޫކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ ތެރޭ އެއާޕޯޓުގައި މަސައްކަތްކުރަންޖެހޭ މުވައްޒަފުން، އެއާލައިންތަކުގެ މުވައްޒަފުން އަދި ސްޓޫޑިއޯއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ގޮސްގެން މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް އެ ވިޔަފާރިއަކުން، މަސައްކަތްކުރާ ތަނުގެ ތަފްސީލާއިއެކު ހުއްދަ ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި އެކަން ހާމަކުރަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ވިޔަފާރިތަކުގައި ބޭނުންކުރާ ވެހިކަލް އަދި މުވައްޒަފުންގެ ވެހިކަލްޔަކާއި ގުޅިގެން މިނިސްޓްރީން ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި، ވިޔަފާރިތަކުން މުދާ ފޯރުކޮށްދިނުމަށް އަދި ފުލުހުން ދޫކޮށްފައިވާ ހުއްދަ އޮތް މުވައްޒަފުން މަސައްކަތަށް ދިޔުމަށް ބޭނުންކުރާ ވެހިކަލަށް ފުލުހުންގެ އިދާރާއިން ނުވަތަ މިނިސްޓްރީން ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިން ވިޔަފާރީގައި ބޭނުންކުރާ ވެހިކަލަކަށް ހުއްދަ ދީފައިވާނަމަ، އެ ވެހިކަލެއް ދުއްވާ މުވައްޒަފަކަށް ހުއްދަ ނަގަންޖެހޭނެ ކަމަށާއި އެ ހުއްދައަށް އެދޭނީ [email protected]  އަށް މުވައްޒަފުންގެ ތަފްސީލު ފޮނުވައިގެންނެވެ.

މީގެ އިތުރުން 13 ފެބްރުއަރީ އިން ފެށިގެން ފުލުހުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދަތައް މި މުއްދަތުގެ ތެރޭގައި ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ އިއުލާނާއި ގުޅިގެން، ގުދަން، ބޯޓުޔާޑު ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މާލެ-ތިލަފުށި ގައި ދާއިމީކޮށް ދިރިއުޅޭ ފަރާތްތައް މަސައްކަތައް ދިއުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ތިލަފުއްޓަށް ދާ ފަރާތްތަކުގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެން، މަސައްކަތްކުރުމަށް މާލެ އާއި ތިލަފުއްޓާ ދެމެދު ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ. 

މި މުއްދަތުގެ ތެރޭގައި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރެވޭނީ، އެ ސައިޓަކަށް ގެއްލުމެއް ލިބޭނެފަދަ ހާލަތުތަކުގައި، އެ ކަމެއްގެ ތަފްސީލު ފޮނުވުމުން އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުނެއެވެ. 

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 04:00 އިން ހެނދުނު 08:00 ކާފިއު އިތުރު ކޮށްފައިވާއިރު، ކާފިއު ވަގުތު ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ހާއްސަ ފާހެއް ނަގައިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް