ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ޝަރުއީ ދާއިރާގެ ހިދުމަތްތައް އޮންލައިންކޮށްފި
ޝަރުެީ ދާއިރާގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ކޯޓުތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކާއި ޝަރީޢަތުގެ މަޖްލިސްތަކާއި ކާވެނީގެ މަޖިލީސްތައް ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. 

އަދި ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، އެހެނިހެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މައުލޫމާތު ސާފުކުރުމާއި އެފަދަ އެހެން ކަންކަމަށް ކޯޓުތަކަށް އާއްމުން ހާޒިރުވާން ނުޖެހި އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ. 

މީގެއިތުރުން ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ޝަރީއަތްތަކާއި ގުޅިގެން ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ހާޒިރުވާންނުޖެހި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ގޭގައި ތިބެގެން މަސައްކަތްކުރި ކަމުގައި ވިޔަސް ރަސްމީ މަސައްކަތު ގަޑީގައި މަސައްކަތުގައި އުޅޭކަން ޔަގީންކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމި ކަމުގައި ވިޔަސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ނެރެންވާނީ ރައްކާތެރި ހާއްސަ ފިޔަވަޅުތަކަކާއި އެކުގައި ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް