ads
މިނިސްޓަރު އައިމިނަތު ޝައުނާ--
ނެޓް ހެޔޮކުރުމުގައި މިނިސްޓަރުގެ ޝުކުރު ދިރާގާއި އުރީދޫއަށް
ނެޓް ހެޔޮކުރުމުން، އެންވައިރޮމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ޝައުނާ ދިރާގާއި އުރީދޫއަށް ޝުކުރު އަދާކޮށްފި އެވެ.

އިންޓަނެޓު އަގުހެޔޮ ކުރުމަކީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތެއް ކަން ފާހަގަކޮށް، ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏަށް މިނިސްޓަރު ޝައުނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ބޭއްވޭ "ނެޓު ހެޔޮ" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އިންޓަނެޓަށް މިއަދު މި ގެނެވޭ ބަދަލަކީ ވަރަށް ގިނަ ބައެއް ގުޅިގެން ކުރެވުނު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ނެޓު އަގުހެޔޮ ކުރުމަށް އެއްބާރުލުން ދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ދިރާގާއި އުރީދޫގެ އިތުރުން އިންޓަނެޓުގެ ހެޔޮ އަގުތައް ވިލަރެސް ކުރުމުގައި އެހީވެދިން ކޮމިއުނިކޭޝަން އޮތޯރިޓީއަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެ އިތުރުން ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޒުވާނުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޓަނެޓު ހިދުމަތުގެ އަގުތަކަށާއި ފެންވަރަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެވިފައިމިވަނީ އިންޓަނެޓު ހިދުމަތް ބޭނުން ކުރާ އެންމެހާ ރައްޔިތުންނަށް ފާހަގަކުރެވޭ ފަދަ ލުއިތަކެއް ހޯދައިދިނުމަށް. ~ މިނިސްޓަރު ޝައުނާ

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ގެނެވޭ ހެޔޮ ބަދަލުތަކާއެކު، ހުރިހާ ރައްޔިތުން ވެސް ހަރަދު ކުޑަކަމާއެކު އިންޓަނެޓު ބޭނުން ކުރާނެ ކަމަށާއި އެގޮތުން އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކުގެ މަހުފީ 75 އިންސައްތައަށް ކުޑަވެގެންދާނެ ކަމަށެވެ.

މިއަދު އިންޓަނެޓަށް ގެނައި ބަދަލާއެކު، ބްރޯޑްބޭންޑް އިންޓަނެޓުން 30 އިންސައްތަ ހެޔޮކުރުމަށް ނިންމާފައިވާއިރު މި ބަދަލު ގެންނާނީ ޖުލައި މަހުން ފެށިގެންނެވެ. އޮކްޓޯބަރު މަހު ހެޔޮވާ މޯބައިލް ބްރޭޑްބޭންޑުގެ އަގުން ވަނީ 20 އިންސައްތައިގެ ހެޔޮ ބަދަލެއް ގެނެސްފައެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް