ads
ދިއްފުށްޓަށް އުދައަރައިގެން ރަށުގެ ރައްޔިތުން ހަރަކާތްތެރިވަނީ
މިއަދު އެންމެބޮޑަށް އުދައެރީ ދިއްފުއްޓާއި، މ. މަޑުއްވަރީއަށް: އެންޑީއެމްއޭ
މިއަދުވެސް ހަތަރު ރަށަކަށް އުދައެރި ކަމަށާއި އެންމެބޮޑަށް އުދައެރީ ދިއްފުށްޓާއި، މ. މަޑުއްވަރީއަށް އަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވައިބާރުވެ ކަނޑުގަދަ ކަމަށާއި، ހާއްސަކޮށް ރާއްޖެގެ އުތުރާއި، މެދު ރާއްޖޭގެ ރަށްތަކަށް ބައެއް ވަގުތުތަކުގައި ވައި ގަދަވެ، ކަނޑުތައް ގަދަވެ، އުދަ އެރުމުގެ ސަބަބުން އެ ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

އެގޮތުން ކ. ތުލުސްދޫއަށް ވެސް އުދައަރައި، މީހުން ދިރިއުޅޭ 5 ގެއަކަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށާއި، ރަށު ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި، ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނެފައި ވަނީ ކ. ދިއްފުއްޓަށް ވަރަށް ބޮޑަށް އުދައަރައި ސްކޫލް ފަދަ އިމާރާތްތަކާއި، ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށާއި، ރަށު ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި، ފެން ޕަމްޕް ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިއަދުވެސް ކޮށްފައިވާ ކަމަށެވެ.

އަދި  ރމ.މަޑުއްވަރީއަށް ވެސް މިއަދު އުދަ އަރާފައިވާ ކަމަށާއި، ރަށު ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި، ފެން ޕަމްޕް ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

އެންޑީއެމްއޭއިން ބުނެފައިވަނީ ކަނޑު ގަދަވުމުގެ ސަބަބުން މިއަދު އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށަކީ، މަޑުއްވަރި ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ހާއްސަ ގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އަދި އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ހަވާލުވެތިބި މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް