ads
ަރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމައީލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-
އިބްރާ އެމްޑީޕީއަށް: އިދިކޮޅު ޕާޓީއަކީ ޕީޕީއެމްތަ ނޫނީ އަންނި ތަ؟
އިދިކޮޅު ފަރާތަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންތޯ ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތޯ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ސުވާލު އުފައްދަވައިފިއެވެ.
Advertisement

އިބްރާ މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަޝިޕުން ، އެ ޕާޓީން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިންގުންކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން އިބްރާ ސީއެންއެމް އަށް ވިދާޅުވީ އިދިކޮޅު ފަރާތަކީ ޕީޕީއެމް ޕީއެންސީތޯ ނުވަތަ ރައީސް ނަޝީދުތޯ ސުވާލު އުފައްދަން ޖެހުނީ، ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔައި ސަރުކާރުގެ ނުރަނގަޅުގަކަން ދައްކަން އާންމުކޮށް މަސައްކަތް ކުރާނީ އިދިކޮޅުން ކަމުގައި ވާތީ ކަމަށެވެ. މިއަދު ސަރުކާރުގެ ހުރިހާ ބާރެއް އެމްޑީޕީގެ އަތުގައި އޮވެމެ، ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ ފަދަ ސެންސިޓިވް ވާހަކައެއް ސަރުކާރު ބަދުނާމުވާގޮތައް ޕްރެސްތައް ބާއްވައިގެން ދެއްކުމަކީ އެއީ އެމްޑީޕީން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ގޮތުން ސަރުކާރު ރަނގަޅު ނޫންކަން ދެއްކުމަކީ އާންމުކޮށް އިދިކޮޅުން ކުރާ ކަމެއް. ނަަމަވެސް މިއަދު އެމްޑީޕީގެ ޗެއާޕާސަން އާ ސްޕޯކްސްޕާސަން އާ ނުކުމެ ޕަބްލިކްގަ އެވާހަކަތައް ދެއްކުމުން ސުވާލު އުފެދޭ. މިހާރުގެ ރައީސް އަކީ އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ. އެހެންވީމަ މަޖިލީހުންނާއި ރައީސް އާ މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދެވޭނެ. ކޮންމެހެން ޕަބްލިކަށް ނުކުމެ އެވާހަކަ ދެއްކުމުގެ މާނައެއް ނެތް." އިބްރާ

 އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނުކުމެ ޕާޓީން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ނަޝީދަށް ދިން ހަމަލާގެ ޖިނާއީ ތަހުގީގެއް ހިންގުންކަމަށް ބުނުމުން ހައިރާންވާ ކަމަށެވެ. 

މިހާރު ރާއްޖޭގެ ބާރުތައް އޮތީ އެމްޑީޕީގެ އަތުގައިކަން ފާހަގަކުރައްވައި އިބްރާ ވިދާޅުވީ ، އެހެންކަމުން ރައީސް ނަޝީދަކީ "ސަރުކާރުގެ ވިކްޓިމް" އެކޭ ކިޔުމުގެ މާނައެއް ނެތް ކަމަށެވެ.

ރައީސް ނަޝީދަކީ ސަރުކާރުގެ ވިކްޓިމް އެކޭ ކިޔުމުން އިބްރާ ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އެއްވެސް ގުޅުމެއް ނެތީތޯ ސުވާލު އުފައްދަވާފައެވެ. 

"ހަސަން ލަތީފުމެން ކޮންމެވެސް އެއް ގޮތަކަށް ނިންމަންވީނު؟ އިދިކޮޅު ޕާޓީއަކީ ޕީޕީއެމްތަ؟ ނޫނީ އަންނި ތަ؟ އަންނި އާ އިބޫ އާ ގުޅުމެއް އެބަ އޮތްތަ؟ ނެތްތަ؟" އިބްރާ

އިބްރާ ވިދާޅުވީ މިހާރު މި އޮތް ސަރުކާރަކީ އޭނާއަށް މާ ކަމުދާ ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް 2023 އާ ހަމައަށް ސަރުކާރުގެ ވެރިއަކީ ރައީސް ސޯލިހު ކަމީ ކަން އޮތްގޮތް ކަން އިބްރާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ރައީސް ނަޝީދާއި ރައީސް ސޯލިހު ގުޅިގެން އުޅޭތަން. އެނެއްކޮޅުން މި ފެންނަނީ ރައީސް ނަޝީދަށް ދިން ހަމަލާގައި ސަރުކާރުގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތަކެއް. އެހެންވީމާ މިކަންކަން ދެކޮޅެއް ނުޖެހޭ ނޫންތޯ؟" އިބްރާ

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިހާރުވެސް ހުންނެވީ ޖަރުމަނުގައެވެ. ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް ސަޕޯޓުކުރާ ބޭފުޅުންނާއި ރައީސް ސޯލިހަށް ސަޕޯޓުކުރާ ބޭފުޅުންގެ ކޮންމެވެސް ވަރެއްގެ ބައިބައިވުންތަކެއް އޮތްކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ ސީދާ ސަރުކާރުގެ ތެރެއިން ރޭވިގެން ދެވުނު ހަމަލާއެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދުވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް