ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
މިއަދަށް ތާވަލު ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާ ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވާކަން ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެމުން ޝަމީމު ވިދާޅުވީ، މިހާތަނަށް ކޯޓުން އަންގާފައިވަނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރިކަން އެކަނި ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު ޝަރީޢަތެއް ކުރިއަށްގެންދާނެ ތާރީހެއް އަންގާފައި ނުވާކަމަށް ޝަމީމު ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުންގެ ފަރާތުން ވަނީ، މި ޝަރީއަތް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ބުނެފައެވެ.

އެފަދައިން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން އެދިފައިވަނީ، ކޮވިޑް 19ގެ މި ދަނޑިވަޅުގައި އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމަކީ ސިއްހީ ނުރައްކަލަށް ހުށަހެޅޭނެ ސަބަބެއް ކަމަަށް ބުނެއެވެ. 

މި ޝަރީއަތް އޮންނާނެކަން އަންގާފައިވަނީ މިދިޔަ މަހުގެ 27ގައި ކަމަށް ރައީސްޔާމީނުގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. އަދި ރޭވެސް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވަކީލުންގެ ޓީމަށް ނާންގާ ކަމަށް ރޭ ސީއެންއެމްއަށް މައުލޫމާތު ދެމުން ޝަމީމު ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެެވެ. 

ކެންސަލް ކުރެވުނު ޝަރީޢަތުގެ އަޑު އެހުމަކީ، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލާގައި ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް