ads
ހިންމަފުށީ ފިނޮޅަށް ގެއްލުން ދިނުން--
ފިނޮޅަށް ގެއްލުންދިން މައްސަލާގައި ގިލި ލަންކަންފުށި ޖޫރިމަނާކޮށްފި
ގިލި ލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން ގިލި ލަންކަންފުށި ރިސޯޓު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މި މައްސަލައިގައި އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ރިސޯޓްގެ މުވައްޒަފުން އެެ ފިނޮޅަށް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީން ފުލުހުން މެދުވެރިކޮށް ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފިނޮޅުގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އޭނާއަށް ރާއްޖޭއިން ފުރައިގެން ދިޔުމުގެ ހުއްދަ ލިބިފައި ނެތުމުން އޭނާ ވަނީ ރާއްޖޭގައި މަޑުކުރަން ޖެހިފައެވެ.
ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި އާއްމު ރައްޔިތުން ތުހުމަތު ކުރަނީ، އެކަން އެގޮތަށް ކުރީ އާންމުން ފިނޮޅަށް ޕިކްނިކް ދާތީ ކަމުގައެވެ.
ފިނޮޅުގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެންނެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް