ads
ކޮވިޑް-19 ގެ ވައިރަސް ހުންނަ ގޮތް ކަމަށް ލަފާކޮށްފައިވާ ސާމްޕަލް. ފޮޓޯ: ޑަބްލިއު.އެޗް.އޯ.
ކޮވިޑް-26 އާއި ކޮވިޑް-32 އަތުވާނެ ކަމުގެ އިންޒާރު ސައިންސްވެރިއަކު ދީފި
ކޮވިޑް-19 އުފެދިގެން އައި ގޮތް ރަނގަޅަށް ތަހުގީގު ނުކުރެވިއްޖެނަމަ، ކޮވިޑް-26 އާއި ކޮވިޑް-32 އުފެދިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ސައިންސްވެރިއަކު ދީފިއެވެ.

އެންބީސީ ނިއުސްއަށް ބޭލާ ކޮލެޖު އޮފް މެޑިސިންގެ ވައިރޮލޮޖީއާއި މައިކްރޮބައޮލޮޖީ ޕްރޮފެސަރު ޕީޓާ ހޮޓެޒް ދިން އިންޓަވިއުއަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ސައިންޓިސްޓުން އަންނަނީ ކޮވިޑް-19 އުފެދިގެން އައި ގޮތް ތަހުގީގު ކުރަން ގޮވާލަމުންނެވެ.

އެގޮތުން ޕީޓަރ ބުނީ ކޮވިޑް-19 އުފެދިގެން އައި ގޮތް ރަނގަޅަށް ތަހުގީގުކޮށް ދިރާސާ ނުކުރެވިއްޖެނަމަ ދުނިޔެއަށް އަނެއްކާ ވެސް ނުރައްކާތެރި އިތުރު ވައިރަސްތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރާއި 2032 ވަނަ އަހަރު ވައިރަސްތައް ދުނިޔެއާ ބައްދަލުކުރުން ގާތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސައިންޓިސްޓުންގެ ފަހުގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކޮވިޑް-19 އަކީ ވުހާންގެ އިންސްޓިއުޓް އޮފް ވައިރޮލޮޖީން ފެތުރުނު ވައިރަހެކެވެ. އަދި މިއީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ނޫން ކަމަށް ވެސް ފަހުގެ ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. 

ޕީޓަ އިތުރަށް ބުނީ ވުހާންގައި ސައިންސްވެރިންނަށް 12 މަސް ދުވަހަށް ތަހުގީގުކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ފާއިތުވި ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވުހާންގެ ލެބުން ކޮވިޑް-19 ލީކް ވިތޯ ބެލުމަށް 90 ދުވަހުގެ އިންޓެލިޖެންސް ރިޕޯޓެއް ތައްޔާރުކުރުމަށް އެމެރިކާގެ ސައިންސްވެރިންނަށް އަންގާފައެވެ.

23%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް