ads
ސޯނޫ ސޫދު--
އިންޑިއާގެ ފިހާރަތަކަށްވެސް ސޯނޫ ގެ ނަން ދޭން ފަށައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދު ގެ ނަން އިންޑިއާ މީހުންގެ ބައެއް ފިހާރަތަކަށްވެސް ކިޔަން ފަށައިފިއެވެ.
Advertisement

ކޮވިޑް 19 އާ ގުޅިގެން އިންޑިއާއަށް ދިމާވެފައިވާ ދަތި ހާލަތުގައި ސޯނޫ އަންނަނީ ދީލަތިކަމާއެކު އެހީ ފޯރުކޮށްދެމުންނެވެ. މިއާއެކު ގިނަ ބައެއްގެ ޝުކުރާއި ތައުރީފު ވަނީ ސޯނޫ އަށް ރައްދުވެފައެވެ. އަދި ގިނަ ބަޔަކު އަންނަނީ ސޯނޫ އަށް އިންޑިއާގެ ބޮޑުވަޒީރުކަން ހަވާލުކުރުމަށްވެސް ގޮވާލަމުންނެވެ.

އެގޮތުން މިފަހަރު ސޯނޫއަށް ޝުކުރު އަދާކޮށް އޭނާގެ މަސައްކަތް ބަލައިގަންނަކަން ހާމަކުރުމުގެ ގޮތުން އިންޑިއާގެ އަވަށެއްގެ ރައްޔިތުން ތަކެއް ވަނީ އެ އަވަށުގައި ހުންނަ ބަކަރި މަސް ވިއްކާ ފިހާރައަކަށް ސޯނޫގެ ނަން ދީފައެވެ. ނަމަވެސް މި ކަން ސޯނޫ އަކަށް އެހާ ކަމަކު ނުދިޔައެވެ.

މިކަމާ ގުޅިގެން ސޯނޫ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާ އަކީ ވެޖިޓޭރިއަން އެއް ކަަމަށެވެ. އެހެންކަމުން މީޓް ނުވަތަ އެއްގަމު މަސް ވިއްކާ ފިހާރައަކަށް އޭނާގެ ނަން ކިޔުމުން ސޯނޫ ވަނީ އެމީހުންނަށް ވެޖިޓޭރިއަން ފިހާރައެއް ހުޅުވުމަށް އެހީވެވިދާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ކޮވިޑުގެ ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަަރަށް މީހުން ދަނީ ޕޮސިޓިވް ވަމުންނެވެ. މި ދަނޑިވަޅުގައި ސޯނޫ ދަނީ ދުވާލެއްގެ މައްޗަށް ދީލަތިކަމާއެކު އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންވެެ. އެގޮތުން އޮކްސިޖަން އާއި ހޮސްޕިޓަލު އެނދުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވެފައިތިބި އެތަށް ސަތޭކަ ބަޔަކަށް އޭނާ ވަނީ އެހީތެރިވެފައެވެ. 

އޭގެ އިތުރުންވެސް ކޮވިޑާ ގުޅިގެން އާމްދަނީ ލިބޭނެ މަގު ބަންދުވެ ހާލުގައި ޖެހިފައި ތިބި މީހުންނަށްވެސް ސޯނޫ ވަނީ ބޯހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީފައެވެ. އަދި އެހީއެއް ބޭނުންވާނަމަ ސީދާ އޭނައަށް މެސެޖު ކުރުމަށްވެސް ސޯނޫ ވަނީ އެދިފައެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް