ads
މަލިކު
ރާއްޖެފަދައިން ތަރައްގީކުރަން ކަމަށްބުނެ، މަޖުބޫރުކުރުވަނީ އަމިއްލަ ބިމުން ފައިބަން:މަލިކު
ރާއްޖެފަދައިން ތަރައްގީކުރަން ކަމަށްބުނެ، މަލިކުގެ ލަކްޝަދީބު ސަރުކާރުން ރައްޔިތުންނަށް މަޖުބޫރުކުރުވަނީ އަމިއްލަ ބިމުން ފައިބާން ކަމަށް މަލިކު ކައުންސިލްގެ ވައިސް ޗެއާ ޕާސަން ޑރ. މުނީރު ވިދާޅުވެއްޖެ އެވެ.
Advertisement

މަލިކުގެ ހާލަތު ސީއެންއެމްއާއި ހިއްސާ ކުރައްވަމުން ދެއްވި އިންޓަވިއުއެއްގައި ޑރ، މުނީރު ވަނީ، ލަކްޝަދީބުގެ މިހާރުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޯޑާ ޕަޓޭލް ލަކްޝަދީބުގެ ޒަމާންވީ ތާރީހާއި، އާދަކާދަތައް އަދި ޖީލެއް އެއްކޮށް ފުޑާލަން އުޅޭކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. 

ޑރ. މުނީރު ވިދާޅުވީ، އިންޑިއާގެ ރަށަކަށް ވީއްސުރެ އަދި މިހާތަނަށް ދުވަހަކުވެސް މިއަދު މިދެކޭހާ ހިތްދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައި ނުވާ ކަމަށެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ލަކްޝަދީބުގެ ޒަމާންވީ ގާނޫނުތައް ވަރަށް ބޮޑަށް ބަދަލުކޮށް، މަލިކުފަދަ އިސްލާމީ މިންގަނޑުތަކެއް ކުރިންސުރެ ހިންގަމުން އައި ތަނަކާއި ނުގުޅޭފަދަ ފިޔަވަޅުތަކެއް އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޯޑާ އަޅަމުންދާ ކަމަށް ޑރ. މުނީރު ވިދާޅުވިއެވެ.

ލަކްޝަދީބުގެ މިހާރުގެ އެޑްމިނިސްޓްރޭޓަރުކަމަށް ޕްރަފުލް ކޯޑާ އައްޔަންކުރެވުނީ އެމަގާމުގައި ކުރިން ހުރި އައިޕީއެސް އޮފިސަރު ދިނޭޝްވަރު ޝަރުމާ މަގާމުގައި ހުއްޓާ 4 ޑިސެންބަރު 2020 ގައި ނިޔާވުމާ ގުޅިގެން 5 ޑިސެންބަރު 2020 ގައެވެ.

ޕްރަފުލް ކޯޑާ އައްޔަނު ކުރެވުނު ފަހުން ޕަންޖާބުގެ ކައުންސިލުގެ ބާރުތައް ނައްތާލާ، ގިނަ ބަޔަކު ވަޒީފާތަކުން ވަކިކޮށް، ޒަމާނުންސުރެ މަލިކުގައި އޮންނަ ސަގާފަތެއް ކަމުގައިވާ ގެރިމަސް ކެއުމާ ކަތިލުންވެސް މަނާކުރިކަމަށް ޑރ. މުނީރު ފާހަގަކުރެއްވިއެވެ. އެގޮތަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އަދި މަލިކު މީހުންނަށް ބަލައިނުގަނެވޭނެ ބަދަލެއްގެ ގޮތުގައި އޮތީ ލަކްޝަދީބުގައި ރިސޯޓުތައް ހިންގުމުގެ ނަމުގައި މީހުން ދިރިއުޅޭ ތަންތަނުގައި ބަނގުރާ ހުއްދަކުރުމާއި، ލަކްޝަދީބުގެ ރައްޔިތުންގެ އަމިއްލަ ބިން ސަރުކާރުން ބޭނުން ކޮންމެ ހިނދެއްގައި ނެގޭ ގޮތަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކާބަފައިންގެ އަޅުގަނޑުމެންގެ އަމިއްލަ ބިން އެމީހުން ބޭނުންއިރަކު ކޮންމެއިރަކުވެސް މިތަންމީ ޑިވިލޮޕް ކުރާށޭ ކިޔާފަ، ތަރައްގީކުރަން އަޅުގަނޑުމެން ތިތަން ބޭނުންވެޔޭ އެހެންވީމަ މިތަނުން ކަލޭމެން ފައިބާށޭ، މިތަނުންދާށޭ، ދެން އެމީހުން ދޭނެ ތަނެއް ދިނިއްޔާ އަޅުގަނޑުމެންނަށް އެތާގަވެސް އެބިމެއް އަމިއްލައެއް ނުވާނެ، އެއީ ލީސްއަށް ދޭގޮތަށް، ތިން އަހަރުން ތިން އަހަރުން އާކުރަންޖެހޭގޮތަށް އަޅުގަނޑުމެން މިތާ ތިބެންޖެހޭފަދަ ހާލަތަަކަށް ގެންދަން މިއުޅެނީ، މިއީ ހަގީގަތުގަ އެންމެ ބޮޑު މައްސަލައަކީ" ޑރ. މުނީރު ވިދާޅުވިއެވެ.

އިންޑިޔާގައި އިންޑިޖެނަސް ނުވަތަ ރަށްރަށުގެ އަސްލުވެހީންގެ ގޮތުގައި ހިމެނޭ މީހުން ހިމާޔަތްކޮށް އެބައިމީހުންގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި ހާއްސަ ގަވާއިދުތައް ހެދިފައި ހުރެއެވެ. މިގޮތުން ލަކްޝަދީބުގެ ރައްޔިތުންނަކީ އެތަނުގެ އަސްލުވެހީންނެވެ. އެހެންކަމުން ޒަމާނުއްސުރެ އިންޑިޔާގެ ކުރީގެ ސަރުކާރުތަކުން ލަކްޝަދީބުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އައީ އެމީހުންގެ ސަގާފަތްތަކާއި އާދަކާދަތަކާއި ބިންބިމާއި އަދި ރަށްތަކުގެ ގުދުރަތީ މާހައުލު ހަލާކުވެގެން ނުދާނޭފަދަ ގޮތްގޮތަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ލަކްޝަދީބުގެ އަސްލުވެހީންގެ ބިންތައް "ފޭރުމުގެ" އިހުތިޔާރު މިހާރު ހަދަން ކަނޑައަޅާފައިވާ އޮތޯރިޓީއަށް ލިބިދީފައިވެއެވެ.

މުޅި ލަކްޝަދީބުގެ ދޭސީ އާބާދީއަކީ މުސްލިމުންނެވެ. ވަޒީފާ އަދާކުރާ އެހެން ދީންތަކުގެ މީހުން އުޅޭތީ މުސްލިމުންގެ އިންސައްތައަކީ 95 އެވެ. ދެކުނު އިންޑިޔާގައި ރަސްކަންކުރި އެކި ރަސް ރަސްކަލުންގެ ތެރެއިން ހާއްސަކޮށް ކަންނަންނޫރު އަލީރާޖާ ނުވަތަ އަރައްކަލްބީވީގެ އަތްދަށުގައި ގިނަ ޒަމާންތަކެއް ވަންދެން އޮތުމަށްފަހު މަލިކާއި ލަކްޝަދީބުގެ ރަށްތައް އިނގިރޭސި އިންޑިޔާގެ ދަށަށް ގޮސް އިންޑިޔާ މިނިވަންވުމުން މިނިވަން އިންޑިޔާގެ ބަޔަކަށް އެރަށްތައް ވިއެވެ. އިންޑިޔާގެ ސްޓޭޓްތަކާ ހިލާފަށް ޔޫނިއަން ޓެރިޓަރީތަކަކީ ގާނޫނުހަދާ އަމިއްލަ މަޖިލީހަކާއި ސަރަހައްދީ އަމިއްލަ ސަރުކާރެއް ލިބިގެންވާ ތަންތަނެއް ނޫނެވެ. ޔޫނިއަން ޓެރިޓަރީތަކަކީ ސީދާ މަރުކަޒީ ސަރުކާރުގެ ދަށުން ހިންގާ ތަންތަނެވެ. އެހެން ނަމަވެސް އިންޑިޔާގެ އަށް ޔޫނިއަން ޓެރިޓަރީގެ ތެރެއިން ތިން ޔޫނިއަން ޓެރިޓަރީއެއް ހިންގާ ގޮތަށް ފަހުން ވަނީ ބަދަލު ގެނެވިފައެވެ. އެއީ ދިއްލީއާއި، ކަޝްމީރާއި ޕޮންޑިޗެރީއެވެ. ލަކްޝަދީބު އުފެދުނީއްސުރެ އެތަނުގެ އެޑްމިނިސްޓްރޭޓަރުކަން އާއްމުކޮށް ކުރަމުން އައީ އިންޑިޔާގެ ސިވިލް ސާވިސްގެ ނުވަތަ އިންޑިޔާގެ ޕޮލިސް ސާވިސްގެ ތަޖުރިބާކާރު އޮފިސަރުންނެވެ. އެއީ ސިޔާސީ މީހުން ނޫންކަަމުން އެފަދަ އެޑްމިނިސްޓްރޭޓަރުން ޖަވާބުދާރީ ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންނަަމަވެސް އެވަގުތަކު މަރުކަޒީ ސަރުކާރުގެ ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީގެ ސިޔާސީ ވެރިޔަކު މިފަދަ މަގާމަކަށް އައުމުން، އެފަދަ މީހަކު ޖަވާބުދާރީ ކުރުވުން އެއީ ފަސޭހަކަމެއް ނޫނެވެ. މިމައްސަލަތަކަށް ހައްލު ގެނެއުމަށް ލަކްޝަދީބު ރައްޔިތުންނަށް އުނދަގޫވަނީ މިސަބަބާއި ހުރެއެވެ. މިހާރު ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޯޑާއަކީ އިންޑިޔާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ސިޔާސީ ލީޑަރެކެވެ. އަދި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް މީހެކެވެ. 

އިންޑިޔާގައި އިންޑިޖެނަސް ނުވަތަ ރަށްރަށުގެ އަސްލު ރަށްވެހީންގެ ގޮތުގައި ހިމެނޭ މީހުން ހިމާޔަތްކޮށް އެބައިމީހުންގެ ބިންތައް ރައްކާތެރި ކުރުމަށްޓަކައި ހާއްސަ ގަވާއިދުތައް ހެދިފައި ހުރެއެވެ. މިގޮތުން ލަކްޝަދީބުގެ ރައްޔިތުންނަކީ އެތަނުގެ އަސްލު ރަށް ވެހީންނެވެ. އެހެންކަމުން ޒަމާނުއްސުރެ އިންޑިޔާގެ ކުރީގެ ސަރުކާރުތަކުން ލަކްޝަދީބުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އައީ އެމީހުންގެ ސަގާފަތްތަކާއި އާދަކާދަތަކާއި ބިން ބިމާއި އަދި ރަށްތަކުގެ ގުދުރަތީ މާހައުލު ހަލާކުވެގެން ނުދާނޭފަދަ ގޮތްގޮތަށެވެ. އެހެންނަމަވެސް ޕްރަފުލް ކޯޑާ މަގާމާ ހަވާލުވުމަށްފަހު ކައުންސިލްތަކުން ބާރުތައް އަތުލައި "ލަކްޝަދްވީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ 2021"ގެ ނަމުގައި އޮތޯރިޓީއެއް އުފައްދަން ވަނީ ކަނޑައަޅާފައެވެ. ޑރ. މުނީރު ފާހަގަކުރައްވާ ގޮތުން އެމީހުންގެ ކާބަފައިންގެ ބިންތަކުން ބޭލުމުގެ މަސައްކަތް ޕްރަފުލް ކޯޑާ ކުރަނީ އެ އޮތޯރިޓީގެ ދަށުން އެތަން ތަރައްގީ ކުރުމުގެ ނަމުގައެވެ. 

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް