ads
ސުޕްރީމް ކޯޓު
މީހަކު ޖާމިނުކޮށްފައި ފުރައިގެން ނުދެވޭނެގޮތަށް ހަމަޖައްސައިފި
ޖިނާއީ ދައުވާ ކުރިވިފައިވާ ފަރާތަކުން އެހެން މީހަކު ކޯޓުގައި ޖާމިނުކުރުމަށް ފަހު ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަށް ގޮތައް ސުޕްރިމްކޯޓުން ބަދަލު ގެނެސްފިއެވެ. .

ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގައި ކުރިން ބުނާގޮތުން ނަމަ ދައުވާ އުފުލިފައިވާ ފަރާތުން ރާއްޖެއިން ބޭރަށް ދާން ބޭނުންވެއްޖެ ހާލަތެއްގައި އޭނާ އަނބުރާ އަންނާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އެހެން މީހަކު ކޯޓުގައި ޖާމިނުކުރުމަށް ފަހު ރާއްޖެއިން ބޭރަށް ފުރައިގެން ދެވިދާނެއެވެ. 

މި މަހުގެ އެއްވަނަ ދުވަހު ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދު މުރާޖާކޮށް ސްޕްރީމްކޯޓުން އާންމުކުރި އިރު ދައުވާ ކުރެވިފައިވާ މީހާ އެހެން މީހަކު ޖާމިނުކުރުމަށް ފަހު ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭ ގޮތައް އޮތް އޮތުން ވަނީ ގަވާއިދުން އުނިކޮށްފައެވެ. ނަމަވެސް ކަފާލާތުގެ ދަށުން މީހުން ބަންދުން ދޫކޮށްލުމުގައި މީހުން ޖާމިނު ކުރެވޭގޮތައް ގަވާއިދުގައި ހިމަނާފައިވެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލާ މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވި މީހާ އިގުރާރާ ހިލާފުވެއްޖެނަމަ އެކަން ބަލައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 64 ވަަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

މީހަކު ޖާމިނުކޮށްފައި ބެހެއްޓުމަށްފަހު ދައުވާ ކުރެވިފައިވާ މީހާ ރާއްޖެއިން ބޭރަށް ދެވޭގޮތައް އޮތް އޮތުމަށް ސްޕްރީމްކޯޓުން ބަދަލުގެނެސްފައި މިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ ކުރެވިފައި ވަނިކޮށް އެހެން މީހަކު ކޯޓުގައި ޖާމިނުކުރުމަށް ފަހު ފުރައިގެން ދިޔަ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

އަލީ ވަހީދުގެ މައްސަލައިގައި ޖާމިނުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ. ނަަމަވެސް އޭނާ އެއްބަސްވުމާ ހިލާފުވި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި އަޑުބަރޭގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. 

ޖާމިނުވުމުގެ އިގުރާރާ ހިލާފު ވެއްޖެ ނަމަ. އެމީހަކަށް ދެވޭނެ ހަތަރު އަދަބެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ؛

  • އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން،
  • ދެއަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން،
  • 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، އަދި
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް