އާ ކޯޗާއި އެކު އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފުތާ ތެރޭ ލަންކާވަނީ ލުބްނާނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުން ތިން ލަނޑު ދެ ލަނޑުން ބަލިވުމާއި އެކު ލަންކާއިން އައީ އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަމުންނެވެ. އެހެންނަމަވެސް، ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ދެކުނު ކޮރެއާއާ ކުޅުނު މެޗުން، ކޮރެއާވަނީ ލަންކާ ހަމަ ބިމަށް ތިރިކޮށްފައެވެ.
މިއީ މެޗަކީ ލަންކާގެ އާ ކޯޗު އާމިރު އަލަގިޗްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. އާމިރު އަލަގިޗަކީ ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ދުވަސްކޮޅަކު ކޯޗުކޮށްދިން ކޯޗެކެވެ.