ads
އައިސިސް އިން ދިން ހަމަލާގައި މަރުވި މީހުން
މައިން ސާފު ކުރާ ބަޔަކަށް އައިސިސް އިން ހަމަލާދީ މަރާލައިފި
އަފްގާނިސްތާނުގެ އުތުރުގެ އަވަށެއްކަމުގައިވާ ބަޢްލާންގައި މައިން ސާފުކުރުމުގެ މަސައްކަތް ކުރާ ބަޔަކަށް އައިސިސް އިން ހަމަލާދީ އޭގެ ތެރެއިން 10 މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ.
Advertisement

މި ހަމަލާދީފައިވަނީ އެމީހުން މަސައްކަތް ނިންމާލައިފައި ގެޔަށްވަން ވަގުތު އެގަޔަށް ވަދެގަތުމަށް ފަހުއެވެ. 

މިހަމަލާ ގެ ޒިންމާ އައިސިސް ޖަމާއަތުން ނެގިނަމަވެސް ސަރުކާރު ބުނަމުންދަނީ މީ ތާލިބާނުން އަޑީގައި ތިބިގެން ހިންގި ލާ އިންސާނީ އަމަލެއްކަމަށެވެ. ތާލިބާނުން ދަނީ މި އިލްޒާމުތައް ދޮގުކުރަމުންނެވެ. 

މި ހަމަލާ އަމާޒުވި ހެލޯ ޓްރަސްޓްގެ ސީއީއޯ ޖޭމްސް ކޯވަން ވިދާޅުވީ މިހަމަލާ އަށް ޓީމްގެ މެމްބަރުންނައް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތާލިބާނުންގެ އެއްބާރުލުން ލިބުނުކަމަށެވެ. 

މި ހަމަލާ އަކީ އާންމުން ގެ މެދުގައި ނަސްލީ ބައިބައިވުން އުފެއްދުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވެމުންދާ އިރު  އެ ހަމަލާ އަމާޒުވި ހެލޯ ޓްރަސްޓަކީ އެ ގައުމުގައި 30 އަހަރަށް ވުރެން ގިނަދުވަހު ހަރަކާތްތެރި ވެފައިވާ ބަޔަކެެވެ. މި ޓީމްގެ 3000 އަށް ވުރެން ގިނަ ބައިވެރިން އަފްގާނިސްތާނުގައި މައިން ސާފު ކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދެއެވެ. 

އެ ގައުމުގައި ތިބި ބޭރުގެ އަސްކަރީ ސިފައިން ގައުމުން ބޭރުވަމުންދާ މި ވަގުތު ސަރުކާރާއި ތާލިބާނުންނާއި ދެމެދު ކުރަމުން ދިޔަ ސުލްހަވެރިކަމުގެ މަޝްވަރާތައްވެސް ވަނީ އެއްވެސް ކޮޅެއް ގައި ނުޖެހި ހުއްޓުމަކަށް އައިސްފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް