ads
ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތައް:- ފޮޓޯ؛ މިހާރު--
100 އަށް ގުޅުމުން ދެން އެމަޖެންސީ ކޭސްތަކަށް އެމްބިއުލާސް ލިބޭނެ
"އިމަޖެންސީ މެޑިކަލް ސާވިސް"ގެ ނަމުގައި އަލަށް އުފެއްދި ސާވިސްއިން "100" އަށް ގުޅުމުން އެމެޖެންސީ ކޭސްތަކަށް ވަގުތުން އެމްބިއުލާންސް މިހާރު ލިބޭނެ ކަމަށް ހެލްތު އިމަަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިދުމަތުގެ ތަފްސީލް ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން އެމްއެންޑީއެފް އެހީތެރިކަމާއިއެކު އެމަޖެންސީ މެޑިކަލް ސާވިސް ވަކި ޚިދުމަތެއްގެ ގޮތުގައި މިހާރު ދޭން ފަށާފައި ކަމަށެވެ. 

އެ ސާވިސް އުފެއްދެވުމުގެ ބޭނުމަކީ، ފުޅާ ދާއިރާއެއްގައި އެމްބިއުލާންސް ހިދުމަތަކީ ވަކިކުރެވިފާ އޮންނަ ރިލައިބަލް ސާވިސްއަކަށް ހެދުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފެށިފައިވަނީ އެ ހިދުމަތުގެ ފުރަތަމަ ފިޔަވަހިކަމަށް ވުމުން އެ ހިދުމަތުގެ ފޯކަސްއަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކޭސްތަކަށް އެމްޖެންސީ ހިދުމަތް ދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

" މި ހިދުމަތް ބޭނުން ކުރަންވާނީ ހަމައެކަނި އެމަޖެންސީ ހިދުމަތައް އެކަނި އަދި އެހެން ހިދުމަތްތައް ހޯދުމުގަ އިތުރު ގޮތްތަށް މިވަގުތު އެބަހުރޭ. އީއެމްއެސްގަ ބޭނުން ހިފަން ހަމަ ކޮންމެހެން ހުރި އެމަޖެންސީ ހާލަތްތަކުގަ މިކަމަށް ބޭނުންކުރެވޭނެ ފޯނު ނަންބަރަކީ 100. މި ފޯނު ނަންބަރުން އެމަޖެންސީ ބޭނުންތަކަށް މިހާރު ގުޅޭނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، 1676 ނަންބަރު ބޭނުންކޮށްގެން އެހެނިހެން ހިދުމަތްތައް ހޯދުމާއި ހޮސްޕިޓަލްތަކުން ދެމުންދާ ކޮންސަލްޓޭޝަން ފަދަ އެކިއެކި ގޮތްގޮތަށް ފަރުވާ ލިބެން ހުންނަ ކަމަށާއި، އެހެންކަމުން "އިމަޖެންސީ މެޑިކަލް ސާވިސް"ގެ ފަރާތުން ދެމުންގެންދާ ހިދުމަތް ހޯދުމަށް ފޯނު ނަންބަރު 100 އަށް ގުޅަން ވާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ކޮވިޑްގެ އެމަޖެންސީ ހިދުމަތްތަކަށް އެކަނި ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް