ads
ޕްރިންސް ޗާލްސް
ލައްކަ ވާހަކަ ދެއްކިއްޖެ، ދެން އަމަލުން ދައްކަވާ: ޗާލްސް
މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ލައްކަ ވާހަކަ ދެއްކިއްޖެކަމަށާއި މިހާރުދެން އަމަލުން މިކަން ދައްކަންވެއްޖެ ކަމަށް ޕްރިންސް އޮފް ވޭލްސް ޕްރިންސް ޗާލްސް ވިދާޅެއްޖެ އެވެ.

ޖީ7 ގެ ވެރިންނާއި އެކު ކުރިޔަށްދާ ހާއްސަ ފަރިއްކޮޅުުގައި ޖީ7 އާ ޗާލްސް ވިދާޅުވީ ޖީ7 ގައި މޫސުމީ ބަދަލުތަކާއި ބެހޭ ގިނަ ވާހަކަތަކެއް ދައްކަން ޖެހޭ ކަމަށާއި އަދި މިކަމުގައި ޖީ7 ގެ ވެރިންގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންގެ އެއްބާރުލުން ވެސް ބޭނުންވާނެކަމަށެވެ.

ޗާލްސް އިތުރަށް ވިދާޅުވީ މިސަމިޓް ނިމުނުކަމުގައި ވިޔަސް މޫސުމީ ބަދަލާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެކަމަށާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ވެސް ވާހަކަ ދައްކައިގެން މުހިންމު ކަންކަން ނިންމަންޖެހިފައިވާ ކަމަށެވެ.

ކޮވިޑް ގެ ސަބަބުން މުޅި ދުނިޔެ އެއްބައިވެފައިވާ ކަމަށާއި ހަމައެގޮތަށް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަންވެސް ދުނިޔޭގެ ހުރިހާ ގައުމެއް އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޗާލްސް ވިދާޅުވި އެވެ.

ޗާލްސް އިތުރަށް ވިދާޅުވެފައިވަނީ މިހާރުވެސް ކޮވިޑް ގެ ސަބަބުން ވަރަށް ބައިވަރު މުހިންމު ކަންތައްތަކެއް ވަނީ ހުއްޓި ކަމަށާއި ނަމަވެސް މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ކުރަންހުރި މަސައްކަތްތައް މިހާރުންމިހާރަށް ފަށަން ޖެހޭނެ ކަމަށެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް