ads
މިއަދު ޖަލުން 44 ފޯނު ފުލުހުން އަތުލައިގެންފައިވޭ
ފުލުހުން، ޖަލުން 44 ފޯން އަތުލައިގެންފި
މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި، ބަލާ ފާސްކުރި ޖަލުތަކުން 44 މޯބައިލް ފޯން ފެނިފައިވާ ކަމަށް ފުލުުހުން ބުނެފި އެވެ.

މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަން މިހާރު ނިންމާލާފައި ވާއިރު އެ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މިއަދު ހިންގި އޮޕަރޭޝަންގައި މާލޭ ޖަލާއި، މާފުށީ ޖަލު ބަލާ ފާސްކޮށްފައިވާ ކަަމަށެވެ.

އެގޮތުން މާލޭ ޖަލުން ބަލާފާސްކުރި ގޮޅިތަކުގެ ތެރެއިން ސިމް ކާޑާއެކު އެއް ފޯން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އަދި މާފުށި ޖަލުން، ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

އެމައްސަލަ މިހާރު ދަނީ ތަހުގީގް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް