ކައި ނިމިގެން ދުފައިނުލެވުނިއްޔާ ހިތްހަމައެއް ނުޖެހެއެވެ. ކާތަކެތިން ލިބޭ ހިތްހަމަޖެހުމާއި ކެއުމުގެ ފުރިހަމަކަން ގެނުވާ އެކައްޗަކީ ކެއުމުގެ ފަހުން އަނގަޔަށްލާ ދުފުން ގަނޑެވެ.

Advertisement
ކައި ނިމިގެން ދުފާ ނުލެވުނިއްޔާ ހިތްހަމައެއް ނުޖެހެ އެވެ. ކާތަކެތިން ލިބޭ ހިތްހަމަޖެހުމާއި ކެއުމުގެ ފުރިހަމަކަން ގެނުވާ އެކައްޗަކީ ކެއުމުގެ ފަހުން އަނގަޔަށްލާ ދުފުން ގަނޑެވެ.
މިއީ ޒަމާނުއްސުރެން ދިވެހިންގެ މެދުގައި ހަރުލާފައިވާ ސަގާފަތެކެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާ ގުޅިގެން ދުފުމުގެ ދާއިރާގެ ވަސީލަތްތަކަށް ބަދަލުތަކެއް އައެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު އެންމެންގެ މެދުގައިވެސް ދުފާލަން އެންމެ މަގުބޫލީ ސުޕާރިއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ސުޕާރި އުފައްދާ އެންމެ މަޝްހޫރު ކުންފުންޏަކީ ޕާކިސްތާނުގެ ޝާލިމާ ކުންފުންޏެވެ.
ޝާލިމާ ކުންފުނިން އުފައްދާ ރަސްލީ ސުޕާރިއަކީ ދިވެހީންގެ ތެރޭގައި އެންމެ އާންމު އަދި ދެ ގޮތެއް ނުވެ ހިނގަމުން އަންނަ ސުޕާރި އެކެވެ.
ރަސްލީގެ އިތުރުން ބަބްލީ އާއި ހޯލްސް ސުޕާރިއަކީވެސް ދިވެހީންގެ ތެރޭގައި ސުޕާރީގެ މަގުބޫލް ވައްތަރުތަކެކެވެ.
ރަސްލީ ސުޕާރި ވައްޓާލުމަށްފަހު ބަބްލީ ސުޕާރި ދިވެހީންގެ ތެރޭގައި އާންމުވި ދުވަސްކޮޅެއްވެސް އައެވެ. ދުވަސްތަކަކަށްފަހު އެ މަގާމު މި ހޯދީ މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި އެންމެ މަޝްހޫރުވި ސުޕާރި ކަމަށްވާ "ޒައިބް" ސުޕާރިއެވެ.
ޒައިބް ސުޕާރި އެނބުރި އައިސްފައި މިވަނީ ހަމަ އެ މަޝްހޫރު ކަމާއެކު އެވެ. ކަޅު އުރައެއްގައި ހުންނަ ފުއް ބޮޑެތި ޒައިބް ސުޕާރިއަކީ އަނގަޔަށް މީރު ސުޕާރި އެކެވެ. ކުޑަ އާވިކަމަކާއި ގަދަ ފޮނިރަހައެއް ހުންނަ ސުޕާރި އެކެވެ.
ޒައިބް ސުޕާރި އާންމުވުމާއެކު ސޯޝަލްމީޑިއާގައިވެސް ތިލަވަމުން ދިޔައީ އެ ވާހަކަ އެވެ.
"ޒައިބު އައީ ހިނިތުން ވަމުން އެއް ރުފިޔާ އަށް ދެ ސުޕާރި"ގެ ނަމުގައި ކަމަށް ބުނެ ޒައިބު ސުޕާރި އިޝްތިހާރު ކުރަމުން އަންނައިރު އެ ސުޕާރި ވަރަށް އަގުހެޔޮ ކަން ވެސް ފާހަގަކުރެވެ އެވެ.
ފަންސާސް ޕެކެޓުގެ ފޮއްޓެއް 20 ރުފިޔާ އަށް ލިބެން ހުރިއިރު ޒައިބް ސުޕާރި ފޮށީގެ ކޭހެއް ލިބެން ހުރީ 1340 ރުފިޔާ އަށެވެ.