އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ 63 އަހަރުގެ އަންހެނެއް ކަމަށެެވެ. އެމީހާ މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:00ގައެވެ.
މިއީ ހޮނިހިރު ދުވަހު މަރުވި ތިންވަނަ މީހާއެވެ. މީގެ ކުރިން ހޮނިހިރު ދުވަހުގެ ދަންވަރު 12:45ގައި 25 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، ހެނދުނު 10:54 ގައި ލ.ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 92 އަހަރުގެ ފިރިހެނަކު މަރުވެފައިވެއެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 196 މީހަކު ވަނީ މަރުވެފަައެވެ.